ލިވަޕޫލާ ނިއުކާސަލް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ލިވަޕޫލް
ލިވަޕޫލާ ނިއުކާސަލް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ލިވަޕޫލް
ކުޅިވަރު 24 Aug 2026 | 05:24

ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗް އެއްވަރުވިއިރު، މެންޗެސްޓަރ ސިޓީއަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޓް ބައްދަލުކުރިމެޗް އެއްވަރުވިއިރު މެންޗެސްޓަރ ސިޓީ ކުޅުނުމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ނިއުކާސަލް އާއި ލިވަޕޫލް ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ ނިއުކާސަލް އެވެ. އެއީ މެޗް ފަށައިގެން ފަސްވަނަ މިނެޓް ތެރޭގައި އެލަންގާއެވެ. މެޗްގެ ފުރަތަމަ ހާފް ނިއުކާސަލް ކުރީގައި އޮވެގެން ނިމުނުއިރު، ލިވަޕޫލުން މެޗް އެއްވަރުކޮށްފައިވަނީ ދެވަނަ ހާފްގެ ތެރޭގައެވެ.

ނިއުކާސަލުން ލަނޑެއް ޖަހައި ލީޑް ނަގާފައިވަނިކޮށް ލިވަޕޫލަށް އެއްވަރުކޮށްދިނީ 55 ވަނަ މިނެޓް ތެރޭގައި ގަކްޕޯއެވެ. ލިވަޕޫލުން އެއްވަރުކުރިތާ ދެމިނެޓް ނުވަނީސް ނިއުކާސަލްގެ ވިލޮކް ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އެޓީމަށް ލީޑް ނަގައިދީފައެވެ. މެޗުން ބަލިނުވެ ލިވަޕޫލް ސަލާމަތްކޮށްދިނީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ސްބޮޒްލާއީ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗް އިރައޯލާ ބުނީ، އޭނާގެ ޓީމަކީ މެޗުން ބަލިވާންޖެހޭނެ ޓީމެއް ނޫން ކަމަށާއި، ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުން 2-2 އިން މެޗު އެއްވަރުކުރުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި ބޯންމައުތު ބައްދަލުކުރިމެޗް ހަނިގޮތަކަށް ކާމިޔާބުކުރީ ސިޓީއެވެ. މި މެޗް ސިޓީ ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައެވެ. ފުރަތަމަ ހާފް ނިމުނުއިރު ބޯންމައުތުން ލީޑް ނެގިނަމަވެސް ފަހު ހާފް ސިޓީން ވަނީ ދެ ލަނޑުޖަހައި ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.