ރިސާލަތު ޕްރޮގްރާމް އިފްތިތާހުކުރުން-- ފޮޓޯ/މިނިސްޓްރީ
ރިސާލަތު ޕްރޮގްރާމް އިފްތިތާހުކުރުން-- ފޮޓޯ/މިނިސްޓްރީ
ހަބަރު 03 Jan 2024 | 12:21

އިސްލާމްދީނުގެ ސައްޙަ އަގީދާގެ މައްޗަށް ގައުމު ބިނާ ކުރުމަށް ކުރިއަށް ގެންދާ ރިސާލަތު ޕްރޮގްރާމް އިފްތިތާހް ކޮށްފި

އިސްލާމްދީނުގެ ސައްޙަ އަގީދާގެ މައްޗަށް މުޅި ގައުމު ބިނާ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގްރާމް މިއަދު އިފްތިތާހް ކޮށްފިއެވެ.

މިޕްރޮގްރާމްގެ މަގުސަދަކީ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި، އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް، އަގީދާ ވަރުގަދަ ކުރުމާއިއެކު، އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާ ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެގޮތުން ޕްރޮގްރާމްގެ ތެރެއިން، ޚުތުބާ، ދަރުސް، މީޑިއާ ޕްރޮގްރާމްތައް، ފޯރަމް، ސެމިނަރ، އުމްރް ޓުއާރ، ސްކޫލް އެގްޒިބިޝަން/ފެއަ، މުބާރާތް ބޭއްވައިގެން، އަދި މީސްމީޑިއާ މެދުވެރިކޮށް، އިސްލާމްދީނަކީ ހައްގު ދީން ކަމާއި، ދިވެހިންގެ ހިތްތަކުގައި ނުގުޑާ ފަދަ އިސްލާމީ އަޤީދާއެއްގެ ބިންގާ އެޅުން ފަދަ ކަންކަން ހިމެނެއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޝަހީމް ވިދާޅުވީ، ރިސާލަތު ޕްރޮގްރާމަކީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މައްޗަށް މުޅި ގައުމު ބިނާ ކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ހުރިހާ އުމުރުފުރާ އަކަށް އަމާޒުކޮށް ހަރަކާތްތައް ހިންގައި، އެއްވެސް މަޖުބޫރު ކަމެއްނެތި، ދީން ދެކެ ލޯބިވުމުގެ ސިފަ، ދިވެހިންގެ ކިބާގައި އަށަގެންނެވުން ހިމެނޭކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރިސާލަތު ޕްރޮގްރާމް ތެރެއިން މީޑިއާ ތަކަށް ވެސް ދީނީ މައުލޫއަށް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށާ، އެކަމަށްޓަކައި ސްޕޮންސަރ ކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ހަމައެހެންމެ، ރިސާލަތު ޕްރޮގްރާމްގެ ތަފްސީލީ ޕްލޭން މިހާރުވެސް ހެދި، އިސްލާމިކް މިނިސްޓްރީގައި ވާ ކަމަށާ، މީޑިއާ ތަކުން ނުވަތަ ޖަމިއްޔާ އަކުން ނަމަވެސް، އެ ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތް ތަކުގައި ބޭނުންކުރާނެ، މައުލޫމާތު ތަކާއި ގުޅޭ ލިޔެކިޔުންތައްވެސް ޝާއިޢު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސްގެ ޗެއާއަކަށް ޑރ. އަޒީ، ބޯޑް އެކުލަވާލައިފި
03 Nov 2026 ހަބަރު

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސްގެ ޗެއާއަކަށް ޑރ. އަޒީ، ބޯޑް އެކުލަވާލައިފި

"މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑު" އެކުލެވިގެންވާ ގޮތާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން ވެސް ވަނީ ކަނޑައަޅުއްވާފަ އެވެ.

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
02 Nov 2026 ހަބަރު

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި، މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެ އެވެ.

ކުރީގެ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި
02 Nov 2026 ހަބަރު

ކުރީގެ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

ކުރީގެ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި އެވެ.

ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް: ޝާހިދު
02 Nov 2026 ހަބަރު

ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް: ޝާހިދު

މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމުގައި ވިދާޅުވި އެވެ.

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.