ދެން ހުދުމުހުތާރު ވެރިއަކަށް ޖާގަ ދީގެން ނުވާނެ - ރައީސް ނަޝީދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދެން ހުދުމުހުތާރު ވެރިއަކަށް ޖާގަ ދީގެން ނުވާނެ ކަމަށް 3 އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި ދެން ހުދުމުހުތާރު ވެރިއަކަށް ޖާގަ ދީގެން ނުވާނެ ކަމަށާއި، އަޅުގަނޑުމެން ސާބިތުކަމާއެކު މަސައްކަތް ކުރަން ޖެހޭނެ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކައިގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕާޓީތަކުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާނީ ދިވެހިރައްޔިތުންގެ އުންމީދުތައް ހަގީގަތްތަކަކަށް ހެދުމަށްކަމަށެވެ.
އަދި ރާއްޖޭގެ ތަރައްގީގެ ނަރެސްއަަކީ އާއިލާގެ ޖީބަށް ވަނަން ފައިސާ އިތުރުންކަމަށާއި ތަރައްގީއަކީ މީހާއަށް އަންނަ ބަދަލު، އެ ބަދަލު ތިޔަ ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި އަމާނަތްތެރިކަމާއެކު މަސައްކަތް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ތިޔަ ބޭފުޅުންނަކީ މުޅި ރާއްޖެ ސަލާމަތްކޮށްދެއްވި ބޭފުޅުން، ރިޔާަސީ އިންތިހާބުގައި އިބޫ ހޯއްދެވި ކާމިޔާބަކީ ދިވެހިން މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްވި ކާމިޔާބީއެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ޗާނދަނީ އަދި މަޖީދީމަގުން އާޓިފިޝަލް މީޗް ސަރަހައްދާ ހަމައަށް ވަނީ ކުދި ބޮޑު އެންމެ އެއްވެ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް