މަސްތުވާތަކެތީގެ މައްސަލަތަކުގައި ލަންކާގެ 17 ފުލުހަކު ވަކިކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މަނާކޮށްފައިވާ މަސްތުވާތަކެތި ބޭނުންކުރި 17 ފުލުހަކު މިދިޔަ 4 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ސްރީލަންކާ ފުލުހުން ބުނެފިއެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝައްކުކުރެވޭ ފުލުހުންގެ ލިސްޓެއް ތައްޔާރުކުރީ އިންޓެލިޖެންސް ޔުނިޓްތަކާއި ސްޕެޝަލް އިންވެސްޓިގޭޝަން ޔުނިޓުން ކަމަށެވެ. އަދި ޝައްކުކުރެވޭ ފުލުހުން ޓެސްޓްކޮށް، ނޭޝަނަލް ޑޭންޖަރަސް ޑްރަގް ކޮންޓްރޯލް ބޯޑުން ބެލިއިރު، މި ފުލުހުން ވަނީ ހެރޮއިންއާއި މެތުފަދަ މަސްތުވާތަކެތީގެ ބާވަތްތައް ބޭނުންކޮށްފައެވެ. މި ފުލުހުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ސްރީލަންކާގެ އައު ސަރުކާރާއެކު، ފުލުހުންނާއި އަސްކަރިއްޔާގެ ތެރޭގައި ގާނޫނާއި ޚިލާފުކަންކަން ހިންގުން ހުއްޓުވުމުގެ ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް