ެިއިސްކަންދަރު ސްކޫލް ކައިރިން ގެއެއްގައި ރޯވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިސްކަންދަރު ސްކޫލް ކުރިމައްޗަށްވާ ކަހަލަ ގޮތަކަށް އިންނަ މއ.ސެމީޑީލް ކިޔާ ގޭގައި އަލިފާން ރޯވެއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ރޯވެފައިވަނީ އެގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. މި އަލިފާން ގަނޑު ރޯވާން ދިމާވި ސަބަބެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ. އަލިފާންގަނޑު ރޯވެފައިވަނީ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ގުދަނެއްގައެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއްވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މި އަލިފާންގަނޑުގެ ދުމުގެ އަސަރު އެގޭގެ އެހެން ފަންގިފިލާތަކަށްވެސް ވަނީ ފޯރާފައެވެ.
އިމާރާތުން މީހުންތައް ވަނީ ހުސްކޮށްފައެވެ.
އެމްްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން ދަނީ ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލުމުގެ މަސައްކަތް، ގިނަ ވެހިކަލްތަކަކާއި އެކު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް