ޓެސްލާ ކަރަންޓު ކާރު
ޓެސްލާ ކަރަންޓު ކާރު
ހަބަރު 18 Mar 2026 | 14:33

ކަރަންޓު އުޅަނދުތަކުގެ ބޯޑު ބަދަލު ކުރަން 2 މަހުގެ މުއްދަތެއް؛ ދެން ހުންނާނީ ފެހި ކުލަ

ކަރަންޓު އުޅަނދުތަކުގެ ނަމްބަރު ބޯޑުތައް ފެހި ކުލައަށް ބަދަލު ކުރުމަށް 2 މަސް ދުވަހުގެ މުއްދަތެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދީފިއެވެ.

އިއްޔެގެ ވަގުތެއްގައި ސަރުކާރުން ގެޒެޓްގައި އާއްމުކުރި އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދައް ގެނައި 7 ވަނަ އިޞްލާޙުގައި ވަނީ ކަރަންޓު އުޅަނދުތަކުގެ ނަމްބަރު ބޯޑު ފެހި ކުލައަށް ބަދަލު ކުރުމަށް އަންގަާ 2 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ކަރަންޓު އުޅަނދުތަކަކީ އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސެލް އިންޖީނުގެ ބަދަލުގައި، ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ ކަރަންޓު މޯޓާއެއް ބޭނުންކޮށްގެން ދުއްވާ އުޅަނދުތަކެވެ.

އެގޮތުން އާ ޤަވާއިދުގެ ދަށުން، ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ކަރަންޓު އުޅަނދުތަކުގައި ބޭނުންކުރާ ނަމްބަރު ބޯޑު ހުންނަންވާނީ، ފެހިކުލައިގެ ބޯޑެއްގައި، ރީނދޫކުލައިގެ އަކުރުން ލިޔެފައެވެ.

އަދި އަމިއްލަ ބޭނުންތަކައް ބޭނުންކުރާ ކަރަންޓު އުޅަނދުތަކުގައި ނަމްބަރު ބޯޑު ހުންނަންވާނީ، ފެހިކުލައިގެ ބޯޑެއްގައި، ހުދުކުލައިގެ އަކުުރުން ލިޔެފައެވެ.

މި އިޞްލާޙު ގެނަސްފައިމިވަނީ ޢީދު ދުވަހު ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންތަކާއި ދިމާކޮށްގެނެވެ. މި ކާރުތަކަކީ މުޅިން ކަރަންޓު ބޭނުން ކޮށްގެން ދުއްވާ ކާރުތަކެކެވެ. އަދި މި ކާރުތަކުގައި ހުންނާނީ އަލަށް އިފްތިތާހު ކުރި ފެހި ކުލައިގެ ނަމްބަރު ބޯޑުތަކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ

ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ޕޭމަންޓް މަތީގައި ބަހައްޓާފައި ހުރި ބައެއް ވަނީ އެތަނަށް ވެއްޓިފައެވެ. އަދި އެ ވީޑިއޯގައި މީހަކަށް އަނިޔާވެގެން ބިންމަތީގައި ހުރި މަންޒަރުވެސް ފެނެއެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
11 Oct 2026 ހަބަރު

ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ދެން ލަސްތަކެއް ކުރިމަތިނުވާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ. މިރޭ އޮތް އަހާ ފޯރަމްގައި އާން...

ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ބުރުޖް ހަލީފާ އެޅި ކުންފުންޏަށް ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
11 Oct 2026 ހަބަރު

ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ބުރުޖް ހަލީފާ އެޅި ކުންފުންޏަށް ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ

ގއ. ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ބުރުޖް ހަލީފާ އެޅި ކުންފުންޏަށް ދިން އެއްބަސްވުން ބާތިލު ކޮށްފައިވާއިރު އެހެން ކުންފުންޏަކާއި ހަވާލުކޮށްގެން އެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުންދާ ...

އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
04 Oct 2026 ހަބަރު

އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު

މާލެ ސަރަހައްދަށް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ މައްސަލަތައް ގިނަ ކަމަށާ އެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އޮޅު...