އަދީބު އިންސާފުން މިނިވަން ކުރުމަށް ކަމާބެހޭ ފަރާތަކަށް މެމްބަރ ފަލާހް ގޮވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެމްދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ކުރުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ގޮވާލައްވައިފިއެވެ.
ފަލާހް މިހެން ވިދާޅުވެ ކުރައްވާފައިވާ ޓްވީޓްގއި އިތުރަށް ވިދާޅުވެފައިވަނީ އަދީބަށް ހަމަހަމަ ކާމާއި އެކު އިންސާފު ލިބި މިނިވަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ މިދިޔަ މަހުގެ ތެރޭގައި ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ކިބައިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ނެރެދިނުމަށް އެދިފައެވެ. އެ އަމުރަކީ އަދީބުގެ ސިއްހީ ހާލަކޮޅު ހުރި ގޮތުން ގޭބަންދަށް ބަދަލުކޮށްދިނުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީ، ބަންދުގައި ބަހައްޓައިގެން މިހާރުން މިހާރަށް އެކަން ކުރުމަށެވެ.
އަދީބުގެ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނާ މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް