މޯލްޑިވިއަންގެ ފްލައިޓެއް.. ފޮޓޯ: ރައީސް އޮފީސް
މޯލްޑިވިއަންގެ ފްލައިޓެއް.. ފޮޓޯ: ރައީސް އޮފީސް
ވިޔަފާރި 30 Jun 2025 | 11:47

މޯލްޑިވިއަންގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް ތައްޔާރުވަނީ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް އައިލެންޑް އޭވިއޭޝަނުން ތައްޔާރުވެއްޖެއެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ މޯލްޑިވިއަންގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް އޭޖެންޓުން ހޯދުމަށް އިއުލާނުކޮށްފައެވެ. ދެކުނު އެފްރިކާއަށް މޯލްޑިވިއަންގެ އުދުހުންތައް ބޭއްވުމަށް ނިންމާފައިވަނީ އެއާބަސް 330-200 މަރުކާގެ މަތިންދާބޯޓުގައެވެ.

މޯލްޑިވިއަނުން ދެކުނު އެފްރިކާއަށް ފެށުމަށް ތައްޔާރުވަމުންދާ ދަތުރުތަކަށް ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެންމެފަހު ތާރީހަކީ އަންނަ ޖުލައިމަހުގެ 4 ވަނަ ދުވަހެވެ.

މޯލްޑިވިއަނުން ދެކުނު އެފްރިކާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އެކުންފުނިން ވަނީ މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެއާބަސް ވައިޑްބޮޑީ މަތިންދާބޯޓެއްވެސް ގެނެސްފައެވެ. މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 ސިޓީއަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑީ، ބެއިޖިންގ އަދި ޝަންހާއީއެވެ.

މޯލްޑިވިއަންގެ ފްލީޓްގައި 25 ހަށްވުރެ ގިނަ ބޯޓު ބޭނުންކުރަމުން އަންނައިރު މީގެ ތެރޭގައި އެއާބަސް މަރުކާގެ ދެ ބޯޓާއި، ޑޭޝް އަދި ޓްވިން އޮޓަރ މަރުކާގެ ބޯޓުތައް ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވިއަނުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯ ހިދުމަތް ދިނުމަށް އެޖެންޓުން ހޯދަނީ
29 Aug 2026 ހަބަރު

މޯލްޑިވިއަނުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯ ހިދުމަތް ދިނުމަށް އެޖެންޓުން ހޯދަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯގެ ހިދުމަތް ދިނުމަށް އެޖެންޓުން ހޯދުމަށް އިއުލާނުކޮށްފިއެވެ. އައި...

ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖަޢާކޮށް ކުޑަކުރަން ނިންމަވައިފި
18 Aug 2026 ހަބަރު

ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖަޢާކޮށް ކުޑަކުރަން ނިންމަވައިފި

ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރަން ވަޒީރުންގެ މަޖިލީހު...

ތާރީޚީ ދުވަހެއް؛ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް ދަތުރުތައް ފަށައިފި
12 Jul 2026 ހަބަރު

ތާރީޚީ ދުވަހެއް؛ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް ދަތުރުތައް ފަށައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ފްލައިޓްތައް މިއަދު ފަށައިފިއެވެ. މި ތާރީޚީ ދަތުރުތައް ފަށާފައިވަނީ ގައުމ...

ތާރީހީ ދަތުރެއް، މޯލްޑިވިއަން އެންމެފަހުން އޮސްޓްރޭލިއާއިން ރާއްޖެއަށް
19 May 2026 ވިޔަފާރި

ތާރީހީ ދަތުރެއް، މޯލްޑިވިއަން އެންމެފަހުން އޮސްޓްރޭލިއާއިން ރާއްޖެއަށް

ދިވެހި ޤައުމީ އެއާލައިން މޯލްޑިވިއަނުން އެންމެފަހުން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އުދުހުންތައް ފަށައިފިއެވެ. މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެ އެއާލައިން އޮސްޓްރޭލިއާއަށް ގޮސްފައިވަނީ، މިމަހު...

ފަސިންޖަރުންނަށް ރަލުގެ ޚިދުމަތްދޭން އުޅޭ ކަމަށްބުނެ ފަތުރަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް: މޯލްޑިވިއަން
04 May 2026 ހަބަރު

ފަސިންޖަރުންނަށް ރަލުގެ ޚިދުމަތްދޭން އުޅޭ ކަމަށްބުނެ ފަތުރަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ސަރވިސް ނުވަތަ ބަނގުރާ ދޭން ފަށަން ރާވާފައި ވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތަކީ ޙަޤީގަތާ ހިލާފު، މަޢުލޫމާތެއް ކަމުގައި...

އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުތުރައް ފަށަނީ
15 Apr 2026 ހަބަރު

އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުތުރައް ފަށަނީ

ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބާންއަށް މި އަންނަ މަހުގެ 17 ވަނަ ދުވަހު ދަތުރުތައް ފަށަން ނިންމާއިފިއެވެ. އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި، މޭ 17 އިން ފެށިގެން ރާއ...