އަބްދުއްރަހީމް އަދި ފަލާހް
އަބްދުއްރަހީމް އަދި ފަލާހް
ހަބަރު 12 Mar 2025 | 14:31

ޕީއެންސީ ހިންގުމުން އަބްދުއްރަހީމް ދުރުކޮށްފި، ހިންގުން ފަލާހަށް

ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ހިންގުމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދުރުކޮށްފި އެވެ.

ޕީއެންސީ ހިންގުމުން އަބްދުއްރަހީމް ދުރުކޮށްފައިވާކަން ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނަށް މިހާރު ވަނީ އަންގާފަ އެވެ. އަދި މީގެ ފަހުން ޕާޓީ ހިންގުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނަވާތީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ކަމަށް ވަނީ އަންގާފަ އެވެ.

އަދި ޕާޓީގެ އިދާރީ އިސް ބޭފުޅުންނަށްވެސް މިހާރު ވަނީ އެކަން އަންގާފަ އެވެ. މިފަދަ ބަދަލެއް ގެންނެވި ސަބަބެއް ސާފެއް ނުވެ އެވެ.

ނަމަވެސް ރައީސް މުއިއްޒުއާ އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އަދި ޕީއެންސީގެ ހިންގުމުގައި އަބްދުއްރަހީމްގެ ދައުރެއް ނެތް ކަމަށް ވާހަކަ ދެކެވޭތާ ވެސް ދުވަސްތަކެއް ވަނީ ވެފަ އެވެ.

ރޭ އޮތް ތަރާވީހުގައި ރައީސްގެ އަރިހުގައި އަބްދުއްރަހީމް

ޕީއެންސީގެ ރައީސްގެ މަގާމުގައި ކުރީން ހުންނެވީ އަބްދުއްރަހީމެވެ. ޕީއެންސީ އަކީ ޕީޕީއެމް އުވާލާފާނެ ކަމުގެ ބިރަށް ނުވަތަ ރައީސް ޔާމީންގެ އަތްޕުޅުން ޕީޕީއެމް ބީވެެދާނެ ކަމުގެ ބިރު ހީވުމުން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ޕީޕީއެމް ގެއްލުމުގެ ބިރު ފިލާ ދިއުމުން ޕީއެންސީ ކުޑަ ޕާޓީއެއްގެ ގޮތުގައި ބޭއްވީވި އެވެ.

ޕީއެންސީ ބޮޑު ޕާޓީއަކަށް ބަދަލު ކުރެއްވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އަދި އަސާސީ ގަވާއިދަށް ބަދަލު ގެންނަވާ ޕާޓީގެ ޗެއާޕާސަންގެ މަގާމު އުފެއްދެވި އެވެ. އެ މަގާމު އަބްދުއްރަހީމަށް ދެއްވާ ރައީސަކަށް ވަޑައިގަތީ ރައީސް މުއިއްޒެވެ.

އަދި ފަހުން އަސާސީ ގަވާއިދަށް ބަދަލު ގެނެސް ޕާޓީގެ ޗެއާޕާސަންގެ މަގާމަކީ ރައީސް ހަމަޖައްސަވާ މަގާމަކަށް ވަނީ ބަދަލު ކުރައްވާފަ އެވެ.

އަބްދުއްރަހީމާއި ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރު ފަހުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދޮށީ ފިރިހެން ދަރިކަލުން ފައިސަލް އިބްރާހިމް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އަދި ސަރުކާރުގައި ތިއްބެވި އަބްދުއްރަހީމްއާ ގުޅުން އޮތް ގިނަ ބޭފުޅުންތަކެއް މިހާރު ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި
29 Nov 2026 ހަބަރު

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގެސްޓްހައުސް އަދި ސަފާރީ ފައިނޭންސިން ފެސިލިޓީތަކަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރާއްޖޭގެ މައި އިގުތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.

ރާއްޖެ ނާދެވޭ ގޮތަށް އަލަމްގީރު ޑީޕޯޓްކޮށްފި
29 Nov 2026 ހަބަރު

ރާއްޖެ ނާދެވޭ ގޮތަށް އަލަމްގީރު ޑީޕޯޓްކޮށްފި

އިމިގްރޭޝަނުން ބުނީ އޭނާ ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް ބުންޏެވެ.

ފަހިޕޭ މެދުވެރިކޮށް ފަވަރައިގެ ޚިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފި
29 Nov 2026 ހަބަރު

ފަހިޕޭ މެދުވެރިކޮށް ފަވަރައިގެ ޚިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ފަވަރައިގެ ޚިދުމަތާ ގުޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ޓެކްނިކަލް ތައްޔާރީތަކާއި ޓެސްޓުތައް ފުރިހަމަކުރުމަށްފަހު، ފަހިޕޭ އިން މި ޚިދުމަތްތައް ދޭން ފަށާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހެވެ.

ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
29 Nov 2026 ހަބަރު

ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވި މީހާ އޮތީ ސީރިއަސް ހާލަތެއްގައެވެ.

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
29 Nov 2026 ހަބަރު

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކީމަކީ 18 އަހަރުން މަތީގެ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ފައިނޭންސިންގ ފެސިލިޓީއަށް ވާސިލުވުން ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ސްކީމެކެވެ.

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި
29 Nov 2026 ހަބަރު

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި

ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާއަށް އޮތީ ރާއްޖެއިން ޑީޕޯޓްކުރި މީހަކު ރާއްޖެ އެތެރެކުރުމުގެ ތުހުމަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް
29 Nov 2026 ހަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް

މި އިންތިހާބުގައި ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވަރަށް ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ
29 Nov 2026 ހަބަރު

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ

އިލެކްޓްރޮލައިޓްސް، ވިޓަމިންސް އަދި މިނަރަލްސް ފަދަ މާއްދާތައް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދެއް ނެތި ބޭނުންކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ