ދިރާގުޕޭއިން ދޭ 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގެ ތެރެއިން-- ފޮޓޯ/ދިރާގު
ދިރާގުޕޭއިން ދޭ 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގެ ތެރެއިން-- ފޮޓޯ/ދިރާގު
ވިޔަފާރި 07 Dec 2025 | 06:01

ދިރާގުޕޭއިން ދޭ 50,000 ރުފިޔާ ހޯދުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް

ދިރާގުޕޭއިން ދޭ 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެކަމަށް ދިރާގުން ބުނެފިއެވެ.

މި ޕްރޮމޯޝަނަކީ ދިރާގު ފިންޓެކްއިން ކުރިއަށް ގެންދާ ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަރު ދިނުމަށް ބޭއްވޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ 31 ޑިސެންބަރު 2025 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭ އަށް ރަޖިސްޓްރީ ކޮށްފައިވާ އަދި އަލަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50،000 ރުފިޔާ ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ. މި ގޮތުން، ދިވެހިރާއްޖޭގެ މޮބައިލް ނަންބަރެއް ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް ދިރާގުޕޭއަށް ރަޖިސްޓަރީކުރެވޭނެއެވެ.

ދިރާގު ފިންޓެކް އިން ވަނީ ދާދި ފަހުން 1 ރުުފިޔާއަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި  ޕްރޮމޯޝަންއަށް ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މިއީ، ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފަރތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއަރ-ޓު-ޕިއަރ ޓްރާންސްފާ، ފަވަރަ ޓްރާންސްފަރ އަދި މިލަށް ފައިސާ ދެއްކުންފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އަދި ދިރާގު ޕިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭޮ ޕިންޓެކް ސޮލިއުޝަންތައް ފޮރުކޮށްދިނުންކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ
07 Oct 2026 ހަބަރު

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ

ބ. ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމަށް އަމާޒުކޮށްގެން ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ...

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި
16 Sep 2026 ވިޔަފާރި

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި

ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތ...

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
07 Sep 2026 ހަބަރު

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި

އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ. ވަޒީރުންގެ މަޖިލީހުން މި ނިންމ...

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ
06 Sep 2026 ވިޔަފާރި

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަ...

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
31 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މު...

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!
24 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!

ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް 420 އަށް ވުރެ ގިނަ ފެތުންތެރިންގެ ބައިވެރިވުމާ އެކު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ. މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސް...