ފީފާގެ ރައީސް އިންފަންޓީނޯ
ފީފާގެ ރައީސް އިންފަންޓީނޯ
ކުޅިވަރު 21 Oct 2025 | 07:38

19 އަހަރަށް ފަހު ފީފާގެ ރައީސަކު ރާއްޖެއަށް

ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިއްޖެ އެވެ.

މިއީ މިދިޔަ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ގޮތުގައި މިއީ ދިވެހި ފުޓްބޯޅައަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެކެވެ. އަދި މިއީ ތާރީހީ ދަތުރެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ދަތުރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީއަށް ކުރާ މަސައްކަތަށް ހަލުވިކަން އަންނާނެ. އަދި ފީފާ އާއި އެފްއޭއެމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން އަންނާނެ،" ތޯރިގު ވިދާޅުވި އެވެ.

އިންފަންޓީނޯގެ މި ދަތުރަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އާ އަޒުމަކާ އެކު މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި މިއީ އެ މަސައްކަތުގައި ފީފާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮތްކަމުގެ ފުރިހަމަ ރަމުޒެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ތޯރިގު ވަނީ ސްވިޒަލޭންޑުން ފީފާގެ ރައީސްއާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފުޓްބޯޅަ ކޮޅަށް ނެގުމަށް ތޯރިގް ފަށާފައިވާ މަސައްކަތަށް ތައުރީފުކުރެއްވިއިރު، ރާއްޖެއިން މި އަހަރު ހޯދި ސައުތު އޭޝިއަން ސުޕަ ކްޕަގެ ކާމިޔާބީ އާއި ގުޅިގެން ތަހުނިޔާ ފޮނުއްވައި، ދިހަ އަހަރަށް ފަހު އެފްއޭއެމުން ފުރަތަމަ ފަހަރަށް އިލެވެން ސައިޑް އަންހެން ފުޓްބޯޅަ މުބާރާތެއް އަންނަ މަހު ބޭއްވުމަށް ނިންމުމާއި ގުޅިގެން ވެސް އިންފަންޓީނޯ ވަނީ ތައުރީފުކުރައްވާފައެވެ.

ފީފާގެ ރައީސްގެ މި ދަތުރުގައި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...