ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް ދެ މިލިޔަން ކިލޯގެ ކާގޯ އުފުލުން ފާހަގަކުރުން: ފޮޓޯ/ އެމްއޭސީއެލް
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް ދެ މިލިޔަން ކިލޯގެ ކާގޯ އުފުލުން ފާހަގަކުރުން: ފޮޓޯ/ އެމްއޭސީއެލް
ވިޔަފާރި 16 May 2025 | 09:27

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް 2 މިލިޔަން ކިލޯގެ ކާގޯ އުފުލައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފެށިތާ އަހަރެއްގެ ތެރޭގައި ދެ މިލިޔަން ކިލޯގެ ކާގޯ އުފުލާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 2 މިލިޔަން ކިލޯގެ މުދާ އުފުލުމާއި ގުޅިގެން އެމްއޭސީއެލްއިން ވަނީ އެ ކާމިޔާބީ ފާހަގަކޮށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ކާގޯ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުންނާއި މި މަސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މިންނެތް މަސައްކަތުން މި ކާމިޔާބީ ހާސިލުކުރެވުނީ ކަމަށެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދިނުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ސްޓޭޓް ޝިޕިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.

މިދިޔަ އަހަރުގެ މާޗުމަހު ތައާރަފްކުރި މިހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް މޭމަހު ފޮނުވާފައިވާއިރު، އެއީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް މުދާ ފޮނުވަމުންދަނީ އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ގައުމުތަކަށެވެ. މި ޚިދުމަތް މެދުވެރިކޮށް އާންމުކޮށް ރާއްޖޭން ބޭރުކުރަނީ ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އެމްޕީއެލުން އިންތިޒާމްކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ފަށައިފި
05 Oct 2026 ހަބަރު

އެމްޕީއެލުން އިންތިޒާމްކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން އިންތިޒާމު ކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026"  މިއަދު ފަށައިފިއެވެ. ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މޯލްޑިވްސް މެރިޓައި...

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި
01 Oct 2026 ހަބަރު

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި

‏މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރ، މުޙައްމަދު މިހާދު އަދި ބޯޑުގެ މެމްބަރ، ސަޙަރު ވަޙީދު, އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފިއެވެ. އެ ދެމީހުން މަގާމު...

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި
24 Sep 2026 ހަބަރު

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އ...

މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
20 Sep 2026 ހަބަރު

މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ

އެމްޕީއެލްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުަވައިފި އެވެ. ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެ...

އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ
06 Sep 2026 ހަބަރު

އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ

އެމްއެމްޕީއާރުސީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އަދިވެސް 85 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ހާމަވެއްޖެއެވެ. އޮޑިތަރ ޖެނެރަލް ނެރުއްވާފައިވާ އެމްޕީއެލްގެ 2025 ވަނަ އަހަރުގެ މާލީ އޮޑިޓަށް ...