ފިއްލަދޫ ކައުންސިލް މެންބަރުން ހުވާކުރެއްވުން
ފިއްލަދޫ ކައުންސިލް މެންބަރުން ހުވާކުރެއްވުން
ރިޕޯޓް 17 May 2026 | 14:07

ހާމިދުގެ ދެކަނބަލުންނަށް ހާއްސަ ދުވަހެއް: ފިއްލަދޫ ރައީސަށް ހުވާލައިދެއްވީ އަނބިކަނބަލުން

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

މިއަދަކީ ދިވެހި ލާމަރުކަޒީ ތާރީހުގައި ހާއްސަ ދުވަހެކެެވެ. ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުގެ ފަސްވަނަ ދައުރު ފެށުނު ދުވަހެވެ. ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނާއި ސިޓީތަކުގެ މޭޔަރުންނާއި މެންބަރުން ވަނީ މަގާމުގެ ހުވާ ކުރައްވާ ދައުރު ފައްޓަވާފަ އެވެ. އަދި ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ވަނީ އިގްރާރުވެފަ އެވެ.

އެހެން ކަމުން އަލަށް އިންތިހާބުވީ ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނާއި ސިޓީތަކުގެ މޭޔަރުންނާއި މެންބަރުންނާއި ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް މިއަދަކީ ހާއްސަ ދުވަހެެކެވެ.

ފިއްލަދޫ ކައުންސިލް މެންބަރުން ހުވާކުރެއްވުން --

މި ދުވަސް އެންމެ ހާއްސަވީ އެއް ބޭފުޅަކީ ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދަށެވެ. އެއީ މަގާމުގެ ހުވާކުރެއްވުމުގެ ދަރުބާރަށް ހާޒިރުވީއިރު މަގާމުގެ ހުވާލައިދެއްވަން ހުންނެވީ އަނބިކަނބަލުން, އައިޝަތު ފަރީދާއަށް ވުމުންނެވެ.

އައިޝަތު ފަރީދާއަކީ ފިއްލަދޫ ކޯޓްގެ އިސް މެޖިސްޓްރޭޓެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑަައިގެންނެވީ އޮކްޓޫބަރު 2025 ގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފިއްލަދޫ ކޯޓްގެ އިސްމެޖިސްޓްރޭޓް 

މިއީ ރާއްޖޭގެ ތާރީހުގައި ރަށެއް ނުވަތަ ގައުމުގެ އިސް މަގާމަކަށް ވަޑައިގެންނެވި ބޭފުޅަކަށް އޭނާގެ އަނބިކަނބަލުން ހުވާލައިދެއްވި ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިކަން ވެގެން މިދިޔައީ ވަރަށް ތާރީހީ ކަމަކަށެވެ.

ހާމިދުއާ ފަރީދާ ވަނީ ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލުކުރައްވާފަ އެވެ.

ފިއްލަދޫގެ ވެރީން އިސްމެޖިސްޓްރޭޓާއެކު 

މި ފަހަރު ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ މެންބަރުންނަކީ ވެސް ޕީއެންސީގެ މެންބަރުންނެވެ. މިއީ ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއް އެއް ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

ފަހަތުން އަރައި، ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
10 Sep 2026 ކުޅިވަރު

ފަހަތުން އަރައި، ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ

މުރައިދޫގައި ކުރިއަށްދާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ރޭ ވިއްލަދޫ އާއި ކުޅުދުއްފުށި ބައްދަލުކުރިމެޗް ކުޅުދުއްފުށި ކާމިޔާބުކޮށްފިއެވެ. މިމެޗް ކުޅުދުއްފުށިން ކާމި...

ފިއްލަދޫން 50 އަހަރަށް 66 ބިން ދިން ގޮތުން 69 މިލިއަނުން ގެއްލުންވާނެ: އޮޑިޓް
23 Nov 2025 ހަބަރު

ފިއްލަދޫން 50 އަހަރަށް 66 ބިން ދިން ގޮތުން 69 މިލިއަނުން ގެއްލުންވާނެ: އޮޑިޓް

ހއ. ފިއްލަދޫ ކައުންސިލުން އެ ރަށުގައި ޓޫރިޒަމް ފުޅާކުރުމަށް ބިންތައް ކުއްޔަށް ދޫކުރުމުގައި ހުށަހެޅި ޕްރޮޕޯޒަލްތަކާއި ޚިލާފަށް އެއްބަސްވުންތައް ތައްޔާރުކުރުމުގެ ސަބަބުން 69.9 މިލިއަން ރުފިޔާއިން ގެއްލު...

މުރައިދޫ ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފިއްލަދޫ ކުއާޓާ ފައިނަލަށް
24 Jan 2024 ކުޅިވަރު

މުރައިދޫ ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފިއްލަދޫ ކުއާޓާ ފައިނަލަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ބުރުގެ ގުރޫޕް އެކެއްގައި އަންގާރަދުވަހުގެ ރޭ 2-0 ގެ ނަތީޖާއަކުން މުރައިދޫ ބަލިކޮށް ފިއްލަދޫ...

އިހަވަންދޫ ބަލިކޮށް ފިއްލަދޫ އިން އުންމީދު ދަމަހައްޓައިފި
19 Jan 2024 ކުޅިވަރު

އިހަވަންދޫ ބަލިކޮށް ފިއްލަދޫ އިން އުންމީދު ދަމަހައްޓައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ބުރުގެ ގުރޫޕް އެކެއްގައި ހުކުރުދުވަހުގެ ރޭ ފިއްލަދޫ އާއި އިހަވަންދޫ ވާދަކުރި މެޗު 4-2 ގެ ނަ...

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024: ފިއްލަދޫ ބަލިކޮށް މާރަންދޫ އިން ފެށުން ރަނގަޅުކޮށްފި
15 Jan 2024 ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024: ފިއްލަދޫ ބަލިކޮށް މާރަންދޫ އިން ފެށުން ރަނގަޅުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ހއ. އަތޮޅު ބުރު ގުރޫޕް އެކެއްގެ ފުރަތަަމަ މެޗުގައި މާރަންދޫ އާއި ފިއްލަދޫ ވާދަކުރި މެޗު 3-0 ގެ ނަތީޖާ...