3 ކިލޯ މީޓަރު ފެތުމުގެ ނެޝަނަލް ޖޫނިއަރ ޗެންޕިއަންކަން ޒޯހާ އަދި ދާނިޔަލްއަށް
15 ވަނަ ޤައުމީ އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން މިއަދު ނިމުނުއިރު މުބާރާތުގެ 3 ކިލޯ މީޓަރު ފިރިހެން ޤައުމީ ޗެންޕިއަންކަން ދާނިޔަލް އަމީން ފައިސަލް ހޯދިއިރު، މިއިވެންޓްގެ އަންހެން ޗެމްޕިއަންކަން ޒޯހާ އަޒްލީ ނަސީމް ހޯދައިފި އެވެ.
3 ކިލޯ މީޓަރު އިވެންޓުގެ ފިރިހެން ޖޫނިއަރ ޤައުމީ ޗެންޕިއަންކަން ދާނިޔަލް ހޯދިއިރު، ދެވަނަ ހޯދީ އިބްރާހިމް ޖުދް ހުސެއިން އެވެ. އަދި ތިންވަނަ ހޯދީ ޒާކިން އަޝްރަފް އެވެ. މީގެ އިތުރުން 3 ކިލޯ މީޓަރު އިވެންޓުގެ އަންހެން ޤައުމީ ޗެންޕިއަންކަން ޒޯހާ ހޯދިއިރު، ދެވަނަ ހޯދީ ޒަހާ ޒައިދުލް ޚަލީލް އެވެ. އަދި ތިންވަނަ ހޯދީ މަރިޔަމް މައިސަމް ނިޔާޒު އެވެ.
ސެޕްޓެމްބަރ 27 އަދި 28 ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ 240 ފަރާތަކުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ 149 ފިރިހެނުންނާއި 91 އަންހެން ބައިވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް