ކޮޅޫފުށީގައި އީދު ފާހަގަކުރުން.. ފޮޓޯ: ކޮޅުފުށީ އެކުވެރިންގެ ކްލަބް
ކޮޅޫފުށީގައި އީދު ފާހަގަކުރުން.. ފޮޓޯ: ކޮޅުފުށީ އެކުވެރިންގެ ކްލަބް
ރިޕޯޓް 06 Jun 2025 | 04:28

މ.ކޮޅުފުށީގައި ޢީދު ފާހަގަކުރުން. އޭރާއި މިހާރު

މ.ކޮޅުފުށިން: އައިމިނަތު އަޝްފާ

ޒަމާނަށް އަންނަމުންދާ ތަރައްގީ އާއިއެކު ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކަށްވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. އެކަމުގެ އެންމެ ބޮޑު އެއް ހެތްކަކީ އީދު ފަދަ ދުވަސްތައް ފާހަގަކުރުމުގައި އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ.

މ.އަތޮޅު ކޮޅުފުއްޓަށް ބަލާއިރު، އެރަށަކީވެސް އީދު ފާހަގަކުރުމުގައި ޒަމާނުއްސުރެ ވަރަށްބޮޑު ފޯރިއެއް އޮންނަ ރަށެކެވެ. ކޮޅުފުށީގައި އީދު ފާހަގަކުރަމުން އަންނަ ގޮތްތަކަށްވެސް މިއަދު މިވަނީ، ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އީދު ނަމާދަށްފަހު ހެނދުނު ސައި ބުއިމާއި، އީދުގައި ކުޅޭ ކުޅިވަރުތަކާއި މި ނޫންވެސް ގިނަ ކަންތައްތަކަށް މިއަދު ވަނީ ބަދަލުތަކެއްއައިސްފައެވެ.

ކޮޅުފުށީގައި އެންމެ ކުރިންސުރެ އީދު ސައި ބުއިން އޮންނަނީ އެމީހެއްގެ ގޭގައެވެ. އެގޮތުން ހައްޖުދުވަހުގެ ރޭ އާއިލާ މީހުންނާއި ގާތް ރައްޓެހިންނަށް އީދު ދުވަހު ސައިބޯން ގެއަށް އައުމަށްދައުވަތުދެއެވެ.

ޢީދުސަޔައް ތައްޔާރުކުރާ ކެއުމަށްވެސް ވަނީ ބަދަލުއައިސްފައެވެ. އެގޮތުން ކުރީގައި ޢީދު ސަޔައް އޮންނަނީ ދެވައްތަރުގެ ބޯކިބަލާއި ކަޅުސައިގެ އިތުރުން ހުނިހަކުރު ފޮޅިއެވެ. މިއާއި ހިލާފަށް މިހާރު އީދު ސައި އޮންނަނީ ރަށުގެ ހުރިހާ ރައްޔިތުންއެއްކޮށް ޖަމާއަތުގައި ސައިބުއިމެވެ. އެއަށްފަހު ފޯލިކުޅުމުގެ ބަދަލުގައި މިހާރު އޮންނަނީ ފިރިހެންވެރިންގެ ދަފިނެގުމެވެ.

ޢީދު ސައި.. ފޮޓޯ: ކޮޅުފުށީ ކައުންސިލް

ކޮންމެ ގެއަކުންވެސް މެންދުރު ޖަމާއަތް ޖަމާއަތް ހަދައިގެން ކެއްކުމަކީ އިހު ޒަމާނުގައި ކޮށްއުޅުނު ކަމެކެވެ. އަދި އީދު ދުވަހު ކަތިލުމަށް ކޮންމެގެއަކުންވެސް ބޮޑު ފަލަ ކުކުޅުޅެއް ނުވަތަ ހާލެއް ތައްޔާރުކުރާނެއެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މިކަމަށްވެސް ވަނީ ކޮންމެވެސްވަރެއްގެ ބަދަލުތަކެއް އައިސްފައެވެ. ޖަމާއަތް ހަދައިގެން ކެއްކުން މިހާރުވަނީ އާއިލީކެއުމަށް ބަދަލުވެފައެވެ. ކަންމިހެން އޮތްނަމަވެސް އެއްބަޔަކު އަނެއްބަޔަކާ އޮންނަ އެކުވެރި ގުޅުމަކަށް އެއްވެސް ބަދަލެއްނާދެއެވެ.

ފިރިހެންވެރިންގެ ބިލަތްދަފި ނެގުން.. ފޮޓޯ: ކޮޅުފުށީ ކައުންސިލް

އެއްއަހަރުން އަނެއްއަހަރަށް އީދުގައި ކުޅޭ ކުޅިވަރުތަކާއި އިދުފާހަގަކުރަމުން އަންނަ ގޮތަށްދަނީ ތަފާތުބަދަލުތައް އަންނަމުންނެވެ. އެގޮތުން ވަރަށް ފަހަކާޖެހެންދެން އީދު ދުވަހު ހަވީރު ކުޅެމުންއައި ތިންމުގޯލި ކުޅުންމިހާރު ވަނީ ކުޅުންހުއްޓާލާފައެވެ. އޭގެ ބަދަލުގައި މިހާރު އޮންނަނީ އިސްރަށްވެހިންގެ ނުވަތަ ކުޑަކުދިންގެ ހަވީރާއި އަންހެންވެރިންގެ ބިލަތްދަފި ނެގުންފަދަ ކުޅިވަރުތަކެވެ.

ފަންގަނޑު ފިއްލާކުޅުމާއި،ފަންކުޅުމާއި ތާރަޖެހުމަކީ ކުރިން ކޮންމެ އީދެއްގައިވެސް ކުޅެމުން އަންނަ ޒަމާންވީ ކުޅިވަރުތަކެވެ. ޒަމާނަށް އައި ބަދަލާއެކު މި ކުޅިވަޅުތައް މިހާރު ނުފެނުނު ނަމަވެސް ލަނގިރިޖެހުމަކީ ކޮޅުފުށީގައި މިހާރުވެސް ވަރަށް ފޯރިއާއެކު ކުޅެމުންއަންނަ ކުޅިވަރެކެވެ.

ލަނގިރި ޖެހުން.. ފޮޓޯ: ކޮޅުފުށީ ކައުންސިލް

މިހާރެކޭވެސް އެއްގޮތަށް އެންމެ ކުރިންސުރެވެސް އީދަށް ހައްސަކޮށް އެންމެން އައު ހެދުން ފަހައެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޢީދު ދުވަހުގެ އެންމެ ފަހުދުވަހު އެންމެން ރަތްކުލައިން ހެދުންއެޅުމެވެ.

'ދަފި ނެގިޔަސް ޢީދު ސަޔައްފަހު ކުޅިވަރެއް އޮންނާނެ ނަމައޭ  ވަރަށް ހިތަށްއަރާ. އެކަމަކު މިހާރު އެންމެން އެއްކޮށް އެކަކުވެސް ބާކީނުކޮށް ބޮޑު ޖަމާއަތުގައި ޢީދު ސައި އޮންނާތީ ވަރަށް ހިތްހަމަޖެހޭ. ކުރިން ހިތައްއަރާނެ މިވެނި ކުއްޖަކަށް ސައި ކޮޅެއްވެސް ނުދެވުނޭ" ކޮޅުފުށީގެ އިސް ރައްވެއްސެއްކަމަށްވާ ހަދީޖާ ބުންޏެވެ.

ޢީދު ފާހަގަ ކުރަމުން އައި ގޮތްތަކަށް ކިތަންމެ ބޮޑު ބަދަލެއްއައި ނަމަވެސް ރަށުގެ ރައްޔިތުން އެކަކު އަނެކަކާއި އޮންނަ ގުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަދިވެސް އެއީހަމަ ކުރީގެ އެކުވެރި،އެންމެންނާއިވެސް ގުޅޭ، އެއްބައިވަންތަ ބަޔަކު ދިރިއުޅެމުންދާ ކޮޅުފުއްޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮޅުފުށި މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފި
24 Sep 2025 ހަބަރު

ކޮޅުފުށި މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މ. ކޮޅުފުށި މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް...

ކޮޅުފުށީގެ ލިންކު ރޯޑު ޤާއިމްކޮށް، އިތުރު 100 ހައުސިން ޔުނިޓު ޤާއިމްކޮށްދޭނަން: ރައީސް
23 Sep 2025 ހަބަރު

ކޮޅުފުށީގެ ލިންކު ރޯޑު ޤާއިމްކޮށް، އިތުރު 100 ހައުސިން ޔުނިޓު ޤާއިމްކޮށްދޭނަން: ރައީސް

ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، މ. ކޮޅުފުށީގައި ލިންކް ރޯޑެއް ޤާއިމްކޮށް، އިތުރު 100 ހައުސިން ޔުނިޓު ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހާރު މ. އަތޮޅަށް ކުރައ...

ކޮޅުފުށީގެ މަގުތައް ހެދުމާއި ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ފަށައިފި
23 Sep 2025 ހަބަރު

ކޮޅުފުށީގެ މަގުތައް ހެދުމާއި ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ފަށައިފި

މ. ކޮޅުފުށީގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢާއި ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތްތައް ކޮޅުފުށީގައި ފައްޓަވައިދެއްވީ ރައީސުލްޖުމް...

ވާދަވެރި ކުޅުމަކަށްފަހު ކޮޅިފުށި ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވޭމަންޑޫ ސެމީއަށް
06 Mar 2025 ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު ކޮޅިފުށި ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވޭމަންޑޫ ސެމީއަށް

މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުން ކޮޅުފުށި ބަލިކޮށް ވޭމަންޑޫ އިން މުބާރާތުގެ ސެމީފައި...

ކޮޅުފުށި އަތުން މޮޅުވެ ގާދިއްފުށިން ސެމީގެ އުންމީދު ދަމަހައްޓައިފި
04 Mar 2025 ކުޅިވަރު

ކޮޅުފުށި އަތުން މޮޅުވެ ގާދިއްފުށިން ސެމީގެ އުންމީދު ދަމަހައްޓައިފި

މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި މ.ކޮޅުފުއްޓާއި ތ.ގާދިއްފުށި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގާދިއްފު...

ވާދަވެރި ކުޅުމަކަށްފަހު ކޮޅުފުށި ބަލިކޮށް އޮމަދޫ އިން ފެށުން ރަނގަޅުކޮށްފި
02 Mar 2025 ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު ކޮޅުފުށި ބަލިކޮށް އޮމަދޫ އިން ފެށުން ރަނގަޅުކޮށްފި

މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ތ.އޮމަދޫ އާއި މ.ކޮޅުފުށި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮމަދޫ އި...