މެޗަށްފަހު އާސެނަލްގެ ކުޅުންތެރިން... ފޮޓޯ: އާސެނަލް
މެޗަށްފަހު އާސެނަލްގެ ކުޅުންތެރިން... ފޮޓޯ: އާސެނަލް
ކުޅިވަރު 16 Apr 2026 | 09:38

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އާސެނަލަށް

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް ހަނިގޮތަކަށް އިނގިރޭސިވިލާތުގެ އާސެނަލް ހޯދައިފިއެވެ.

މުބާރާތުގެ ސެމީގެ ޖާގައެއް އާސެނަލް ކަށަވަރުކޮށްފައިވަނީ، ރޭ ޕޯޗްގަލްގެ ސްޕޯޓިން ލިސްބަން އާ ދެކޮޅަށް ކުޅުނު މެޗަށްފަހުއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް ޕޯޗްގަލްގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އެވެ.

ޗެމްޕިއަންސްލީގް ސެމީގެ ޖާގައެއް އާސެނަލަސް ކަށަވަރުވީ ދެމެޗެގް ޖުމްލަ ނަތީޖާއަށް ބަލައި 0-1 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ. އާސެނަލް ރޭގެ މެޗަށް ނިކުތްއިރު އެޓީމްގެ ފޯމް ވަނީ ގެއްލިފައެވެ. އެގޮތުން އެންމެފަހުން އާސެނަލް ކުޅުނު ފަސް މެޗަށް ބަލާއިރު އެޓީމް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

އާސެނަލް އާއި ސްޕޯޓިން ލިސްބަން ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އާސެނަލް

ރޭގެ މެޗަށް އާސެނަލް ނިކުތީ އަނިޔާގެ ސަބަބުން ބުކާޔޯ ސާކާ، މާޓިން އޮޑެގާޑް، ޔޫރިއެން ޓިމްބާ އަދި ރިކާޑޯ ކަލަފިއޯރީ ނުލައެވެ. މެޗްގައި އާސެނަލްގެ ޑެކްލަން ރައިސް ފެނުނު ނަމަވެސް އޭނާ އުޅެނީ ބަލިވެއެވެ. ރޭގެ މެޗްގައި އާސެނަލަށް ކުރިމަތިވި އެންމެބޮޑު ބޮލުގެ ރިހުމަކީ، ވިންގާ ނޯނީ ގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. ކުރިއަށް އޮތީ ޕްރިމިއާ ލީގްގައި މެންޗެސްތަރ ސިޓީ އާ ދެކޮޅަށް ކުޅެންޖެހޭ މެޗްކަމުން މިއީ އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާއަށް ކުރިމަތިވި ނުތަނަވަސްކަމެކެވެ.

ޗެމްޕިއަންސްލީގް ސެމީފައިނަލުގައި އާސެނަލް ނިކުންނާނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.