ޕާކިސްތާނު ސިފައިންގެ ބަޔަކު ސަރަހައްދީ ރޮނގުކައިރި ފޯރިމަރަނީ..
ޕާކިސްތާނު ސިފައިންގެ ބަޔަކު ސަރަހައްދީ ރޮނގުކައިރި ފޯރިމަރަނީ..
ދުނިޔެ 30 Jun 2025 | 02:53

ހަނގުރާމަވެރިންގެ ހަމަލާއެއްގައި ޕާކިސްތާނު ސިފައިންގެ 13 މީހުން މަރުވެއްޖެ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ގޮވާތަކެތި ބަރުކޮށްފައިވާ ވެހިކަލެއް ބޭނުންކޮށްގެން ޕާކިސްތާނުގެ އަސްކަރީ ގާފިލާއަކަށް ދިން ހަމަލާއެއްގައި، ޕާކިސްތާނު ސިފައިންގެ 13 މީހަކު މަރުވެއްޖެއެވެ.

މި ހަމަލާދީފައިވަނީ ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިން، އުތުރު ވަޒީރިސްތާން ޑިސްޓްރިކްޓްގެ މީރް އަލީ ސަރަހައްދުގައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ މި އަނިޔާވެރި ހަމަލާގެ ސަބަބުން އާއްމުންގެ އަންހެނަކާއި ކުޑަ ދެ ކުދިންނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާކަމަށެވެ.

ހަނގުރާމަވެރިން ދިން މިހަމަލާގެ ރައްދުގައި ޕާކިސްތާނު އަސްކަރިއްޔާއިން އެސަރަހައްދުގައި ދިން ހަމަލާގައި ހަނގުރާމަވެރިންގެ 14 މީހަކު މަރާލިއެވެ.

މިހަމަލާ ކުށްވެރިކޮށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ބަޔާނެއް ނެރުއްވިއެވެ. އަދި ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވިދާޅުވީ ޕާކިސްތާނުގެ ދާޚިލީ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަ ފަރާތްތަކާއި ދެކޮޅަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށެވެ.

ހަމަލާގެ ޒިންމާ، ހަނގުރާމަވެރި އެއްވެސް ޖަމާޢަތަކުން އުފުލާފައި ނުވާއިރު، ޕާކިސްތާނު އަސްކަރިއްޔާއިން ތުހުމަތުގެ އިނގިލި ދިއްކުރީ އިންޑިއާއަށެވެ. އަދި ހަމަލާ ދީފައިވަނީ އިންޑިއާއިން ވާގިވެރިވާ ހަނގުރާމަވެރިންކަމަށް ސިފަކޮށްފައިވެއެވެ. އެހެންނަމަވެސް އިންޑިއާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ހަނގުރާމަވެރިންގެ މައްސަލައަކީ ޕާކިސްތާނުން އަމިއްލައަށް ހައްލުކުރަން ޖެހޭ މައްސަލައެއްކަމަށް ބުނެފައެވެ.

މިހަމަލާ ދިން އުތުރު ވަޒީރިސްތާނަކީ ސަރުކާރުގެ ގާނޫނުތައް ތަންފީޒުކުރެވޭ ސަރަހައްދެއް ނޫނެވެ. އަދި ހަނގުރާމަވެރިން ބޯޑަރުގެ ދެ ފަޅީގައިވެސް މިނިވަންކަމާއެކު އުޅެއެވެ. ޕާކިސްތާނުގެ ސިފައިންނަށް ހަމަލާދިނުމަށް ހަނގުރާމަވެރިން ތަމްރީނު ހަދަނީ ބޯޑަރުގެ އަފްޣާން ފަޅީގައިކަމަށް ޕާކިސްތާނުން ކުރާ ތުހުމަތުތަކާއި ގުޅިގެން އަފްޣާނިސްތާނުން ވަނީ އެކަންވެސް ދޮގުކޮށްފައެވެ. އަދި ހަނގުރާމަވެރިންގެ މައްސަލައަކީ ޕާކިސްތާނަށް ހައްލުނުވެ އޮތް އެމީހުންގެ އަމިއްލަ މައްސަލައެއްކަމަށް އަފްޣާނިސްތާނުންވެސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
10 Oct 2026 ދުނިޔެ

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 1,232 ހަމަލާއެއް ދީ، އެގައުމުގެ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފ...

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި
06 Oct 2026 ދުނިޔެ

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުނ...

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
26 Sep 2026 ދުނިޔެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވި...

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް
25 Sep 2026 ދުނިޔެ

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީ ...

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
23 Sep 2026 ހަބަރު

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި

ޕާކިސްތާންގެ ޤައުމީ އެއާލައިންސް (ޕީއައިއޭ) އިން އެ ކުންފުންޏަށް އާ މަތިންދާބޯޓުތައް ހޯދައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ ...