ކަތަމަންޑޫ ހައިޕާމާކެޓެއް ލޫޓުވާލައި ތަކެތި ގެންދަނީ... ފޮޓޯ: ރޫޓިން އޮފް ނޭޕާލް
ކަތަމަންޑޫ ހައިޕާމާކެޓެއް ލޫޓުވާލައި ތަކެތި ގެންދަނީ... ފޮޓޯ: ރޫޓިން އޮފް ނޭޕާލް
ދުނިޔެ 10 Sep 2025 | 08:57

ކަތަމަންޑޫގައި ލޫޓުވުން އިތުރުވަނީ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ހަމަނުޖެހުންބޮޑުވި މުޒާހަރާތަަށްފަހު ލޫޓުވުން އިންތިހާ ދަރަޖައަކަށް ގޮސްފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ކަތަމަންޑޫގައި ޖެންޒީ ގްރޫޕްތަކުން ކުރި މުޒާހަރާގައި، ސަރުކާރުގެ ވެރިން ހިންގާ ވިޔަފާރިތަކުގެ އިތުރުން އެމީހުންނަށް މަދަދުވެރިވާ ވިޔަފާރިތަކަށް އަމާޒުކޮށް މުޒާހަރާގެ ތެރެއިން ބަޔަކު ވަނީ ހަމަލާދީ ގެއްލުންތައް ދީފައެވެ. އެގޮތުން ބައެއް ސުޕަމާކެޓްތަކަށް ހަމަލާދީ އެތަންތަނުގައި އަލިފާންޖެހުމުން އާއްމުން ވަނީ އެތަންތަނަށްވަދެ މުދާތައް ގެންގޮސްފައެވެ. އެގޮތުން ރެއާ ހަމަޔަށް ލޫޓުވުން ވަރަށްބޮޑަށް އާއްމުވެގެންދިޔަކަަށް ނޭޕާލްގެ ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ކަތަމަންޑޫގައި ލޫޓުވުން އާއްމުވުމާ ގުޅިގެން މަގުތައް ބެލެހެއްޓުމަށް ވަނީ ސިފައިން ނިކުމެފައެވެ. ކަތަމަންޑޫގެ ހާލަތު ގޮސްވެފައިވާއިރު، ކާފިއު އިއުލާނުކޮށް ސިފައިން ދަނި މަގުތަކުގައި މިހާރުވެސް ފޯރި މަރަމުންނެވެ. ސިފައިން ވަނީ ހުރިހާ ރައްޔިތުންވެސް އެމީހުންނަށް އެއްބާރުލުންދީ ހަމަނުޖެހުން އިތުރަށް ނުހިންގުމަށް އެދިފައެވެ.

އިއްޔެ ކުރިއަށްދިޔަ ހަމަނުޖެހުންތަކަށްފަހު ކަތަމަންޑޫގެ ބައެއް ސަރަހައްދުތައް ހަމަޔަކަށް އެޅިފައިވާއިރު، ޒުވާނުން ދަނީ ސިފައިންނާ ގުޅިގެން މަގުތައް ސާފްކުރުމުގެ މަސައްކަތް ކުރަމުންނެވެ

މުޒާހަރާއަށްފަހު މަގުތައް ސާފްކުރަނީ...

ޖެންޒީން ނޭޕާލްގެ ކަތަމަންޑޫގައި މުޒާހަރާތައް ފެށީ ސަރުކާރުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންނުކުރެވޭގޮތް ހެދުމާއި، ސަރުކާރުގެ ވެރިންގެ ކޮރަޕްޝަން އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ. މުޒާހަރާއާ ގުޅިގެން ސަރުކާރުގެ ބޮޑުން އިސްތިއފާދީފައިވާއިރު، މުޒާހަރާގެ ބައިވެރިންވަނީ މިނިސްޓަރުންގެ ގެކޮޅުގައި ހުޅުޖަހައި، ބައެއް މިނިސްޓަރުން ގަންހިންގުވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާއިން 56 އަދި ނޭޕާލުން 14 މީހުން މަރުވެއްޖެ
28 Sep 2026 ދުނިޔެ

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާއިން 56 އަދި ނޭޕާލުން 14 މީހުން މަރުވެއްޖެ

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އަވަށްޓެރި އިންޑިއާއިން 56 މީހުން އަދި ނޭޕާލުން 14 މީހުން މަރުވެއްޖެއެވެ. މީގެ އިތުރުން ނޭޕާލުން 11 މީހަކު ގެއްލިފައިވާއިރު، އިތ...

ދިރުވާލައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހުރި: ފުލުހުން
28 Sep 2026 ހަބަރު

ދިރުވާލައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހުރި: ފުލުހުން

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހުރި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރ...

ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
26 Sep 2026 ހަބަރު

ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް

ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ނޭޕާލުގެ ދެ ރައްޔިތަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ. މި މައްސ...

ނޭޕާލަށް އެހީވުމަށް 255,000 ރުފިޔާ ހޯދައި ރެޑް ކްރެސެންޓާ ހަވާލުކޮށްފި
17 Sep 2026 ހަބަރު

ނޭޕާލަށް އެހީވުމަށް 255,000 ރުފިޔާ ހޯދައި ރެޑް ކްރެސެންޓާ ހަވާލުކޮށްފި

ނޭޕާލަށް ކުރިމަތިވި ހިތާމަވެރި ކާރިސާއާ ގުޅިގެން އެހީގެ ގޮތުގައި ޖުމްލަ 255,000 ރުފިޔާ އެއްކޮށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ފައިސާ ހަވާލުކުރުމުގ...

ނޭޕާލްގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދެނީ
04 Sep 2026 ހަބަރު

ނޭޕާލްގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދެނީ

ނޭޕާލްގެ ބޯޓޭ ކޯޝީ ސަރަހައްދަށް އޮގަސްޓް 26 ގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، ދިވެހިރައްޔިތުންގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައ...

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އިންޑިއާއިން ބޮޑު އެހީގެ އޮޕަރޭޝަނެއް ފަށައިފި
30 Aug 2026 ދުނިޔެ

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އިންޑިއާއިން ބޮޑު އެހީގެ އޮޕަރޭޝަނެއް ފަށައިފި

ނޭޕާލްގެ ބޯޓޭ ކޯޝީ ސަރަހައްދަށް 26 އޮގަސްޓް 2026 ގައި އައި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އިންޑިއާއިން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދީ މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށ...