ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ބާސާ
ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ބާސާ
ކުޅިވަރު 19 Mar 2026 | 05:10

ތަފާތުބޮޑު ނަތީޖާއަކުން ނިއުކާސަލް ބާލިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސްލީގް ކުއާޓާ ފައިނަލުގެ ޖާގައެއް ސުޕެއިންގެ ބާސެލޯނާ ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ބާސެލޯނާ ހޯދާފައިވަނީ ރޭ އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނުމެޗް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް ނިއުކާސަލްގެ މައްޗަށް އެޓީމް ކުރިހޯދީ، 2-7 ގެ ނަތީޖާއަކުންނެވެ. މި ލެގްގެ ފުރަތަމަ މެޗް ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. އެހެންކަމުން މިރޭގެ މެޗް ފެށިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ.

މުޅި މެޗްގައިވެސް ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ 6 ވަނަ މިނެޓް ތެރޭގައި ލީޑް ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަފީނިއާ އެވެ. ބާސެލޯނާއިން ލީޑް ނަގާފައިވަނިކޮށް ނިއުކާސަލްގެ އެލަންގާ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ދެވަނަ ފަހަރަށް ބާސާއަށް ލީޑް ނަގައިދިނީ، 18 ވަނަ މިނެޓް ތެރޭގައި ބެނަލް އެވެ.

ބާސާކޮޅަށް ދެ ލަނޑު ޖެހި އެލަންގާ.. ފޮޓޯ: ނިއުކާސަލް

ބާސާއިން ދެވަނަ ފަހަރަށް ލީޑް ނަގާފައިވަނިކޮށް، 28 ވަނަ މިނެޓް ތެރޭގައި އަނެއްކާވެސް އެލަންގާ ވަނީ ލަނޑެއް ޖަހައި މެޗް އެއްވަރުކޮށްފައެވެ. އެހެން ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗްގެ އިތުރު ވަގުތު ކުޅުމުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި ޔަމާލް ވަނީ ބާސާއަށް ލީޑް ނަގައިދީފައެވެ.

މެޗަށްފަހު ބާސާގެ ޓީމް.. ފޮޓޯ: ބާސާ
މެޗަށްފަހު ނިއުކާސަލް ކުޅުންތެރިން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.. ފޮޓޯ: ނިއުކާސަލް

ފަހު ހާފްގައި ބާސާއަށް ލަނޑުތައް ޖަހައިދިނީ، ލޮޕޭޒް، ލެވަނޑޮސްކީ، އަދި ރަފީނިއާ އެވެ. މެޗުން ލިބުނު މޮޅާއެކު ބާސެލޯނާ ކުއާޓާ ފައިނަލަށް ދަތުރުކުރީ ކުޅުނު ދެމެޗްގެ ޖުމްލަ ނަތީޖާއަށް ބަލައި 8-3 ގެ ނަތީޖާއިންނެވެ. ކުއާޓާ ފައިނަލުގައި ބާސެލޯނާ ނިކުންނާނީ، ވާދަވެރި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.