2006 ގެ ވަރލްޑްކަޕްގައި ފެނިގެންދިޔަ އައިކޮނިކް މަންޒަރު.. ފޮޓޯ: ރޮއިޓާސް
2006 ގެ ވަރލްޑްކަޕްގައި ފެނިގެންދިޔަ އައިކޮނިކް މަންޒަރު.. ފޮޓޯ: ރޮއިޓާސް
ކުޅިވަރު 24 Oct 2025 | 04:13

2006ގެ ވަރލްޑްކަޕް ހަނދާނެއް މިއަދު ގަލޮޅު ދަނޑުން

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ފުޓްބޯޅައަކީ ދިވެހިންގެ އެއްވަނަ ކުޅިވަރެވެ. ފުޓްބޯޅައިގެ ތެރެއިން ދިވެހިންނަށްވެސް އަންނަ އެންމެ ބޮޑު އީދަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތެވެ. ދިވެހިންނަށް ފެނިގެންދިޔަ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން އަދިވެސް އެންމެ ފާހަގަކުރެވޭ އެއް މުބާރާތަކީ 2006 ވަނަ އަހަރު ޖަރުމަނުވިލާތުގައި ކުޅުނު ވަރލްޑްކަޕެވެ.

އެފަހަރުގެ ވަރލްޑްކަޕް އެންމެ ފާހަގަވެގެން ދިޔައެއްކަމަކީ މުބާރާތުގެ ފައިނަލުގައި އިޓަލީއަތުން ފަރަންސޭސިން ބަލިވި ބަލިވުމެވެ. މިމެޗް ފަރަންސޭސިން ބަލިވިއިރު، މިމެޗަކީ އޭރު ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އެއްބަސްވާ ޒައިނުއްދީން ޒިދާންގެ ކެރިއަރު ނިމުމަކަށް އައި މެޗްވެސް މެއެވެ. މެޗްގެ އެންމެ މުހިންމު ވަގުތުގައި ރަތްކާޑަކާއެކު ޒިދާން ދަނޑުން ފައިބަން ޖެހުނީ ކުޅުމުން ބޭރުން ޒިދާން، މާކޯ މަޓެރާޒީ އަށްކުރި ފައުލަކާ ގުޅިގެންނެވެ.

ފަހުން އެނގުނު ގޮތުގައި ޒިދާންގެ ފަރާތުން އެކަން ފެނިގެންދިޔައީ އޭނާގެ ޒާތީކަމަކާ ގުޅޭގޮތުން މަޓެރާޒީ ބުނި އެއްޗަކާ ގުޅިގެން އެކަން ޒިދާނަށް ތަހައްމަލުކުރަން އުނދަގޫ ވެގެންނެވެ. ކޮންމެއަކަސް އެ މެޗްގައި ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު މެޗްގައި އެންމެ ފާހަގަކުރެވުނު ދެ ކުޅުންތެރިންނަކީ  ޒިދާނާއި، މަޓެރާޒީއެވެ.

2006 ގެ ވަރލްޑްކަޕް ފައިނަލްމެޗްގެ ތެރެއިން.. ފޮޓޯ: ގެޓީ

މިއަދު އަނެއްކާވެސް 19 އަހަރަށްފަހު ދިވެހިންގެ ތެރެއިން ގިނަ މީހުންނަށް އެ ހަނދާންތައް އައުވާނެއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރާ ޒިޔާރަތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ދައްކާލުމުގެ ހާއްސަ ފުޓްބޯޅަ މެޗެއް ވަނީ ކުޅުމަށް ހަމަޖެހިފައެވެ. މިމެޗްގައި ފީފާގެ ރައީސް އިންފަންޓީނޯ އަދި މަޓެރާޒީގެ އިތުރުން ސީނިއާ ބައެއް އޮފިޝަލުންނާއި، ފުޓްބޯޅައިގެ ބައެއް ލެޖެންޑުންވެސް ފެނިގެންދާނެއެވެ. މިމެޗްގައި ފީފާގެ ރައީސްގެ ޓީމްގައި މަޓެރާޒީ ހިމެނޭއިރު، އެޓީމް ބައްދަލުކުރާނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ޓީމާއެވެ.

ފީފާގެ ރައީސް އިންފަންޓީނޯ... ފޮޓޯ: ފީފާ

ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމްގައި މަޓެރާޒީގެ އިތުރުން، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގާއި، ގަލޮޅުދަނޑުން ފެނިގެންދިޔަ އެންމެ އަހްލާގް ރަނގަޅުކަމަށް ގިނަ ބަޔަކު ގަބޫލްކުރާ އަލީ ޝިހާމް، (ހުރާ އައްޔަ) އާއި މުހުތާރު ނަސީރު (ޓޫލިކޯ) ގެ އިތުރުން އަލީ ސުޒޭންވެސް ފެނިގެންދާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި މެޗްގެ އެއްވެސް ޓީމަކުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) ނުފެންނާނެއެވެ. ފައިގެ އޮޕަރޭޝަނެއް ކުރުމަށްފަހު އަޝްފާގް މިހާރު އޮތީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އެފްއޭއެމުން ބުނީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި ހާއްސަ މެޗަކީ ރާއްޖޭގައި މިވަގުތު ގެއްލިފައި އޮތް ފުޓްބޯޅައިގެ ރޫހު އަލުން އަނބުރާ ގެނެސް ފުޓްބޯޅައިގެ ފޯރި އިއާދަކުރުމުގެ ގޮތުން ކުރިއަށްދާ ހަރަކާތުގެ ތެރެއިން ހިމެނޭ މުހިއްމު އެއް އިވެންޓްކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...