ކުނި ސާފުކުރުމަށް ޕްރިންސް ޗާލްސް ލޯބިކުރެއްވި!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިނގިރޭސި ޝާހީ އާއިލާއަކީ އަބަދުވެސް އިއްޒަތާއި ހައިބަތުގެ ގޮތުން އަރާހުރި ބައެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ތިބި އާއިލާއެކެވެ. އާންމު ފަރާތްތަކާއި މުޅިން ތަފާތު ދިރިއުޅުމެއް އުޅެމުންދާ މި އާއިލާގެ ޕްރިންސް ޗާލްސް އަބަދުވެސް ފާހަގަކުރެވިފައިވަނީ ތަފާތު ބޭފުޅެއްގެ ގޮތުގައެވެ.
އެގޮތުން ދާދިފަހުން ޕްރިންސް ޗާލްސްގެ ދަރިކަލުން ޕްރިންސް ހެރީ ވަނީ، ބައްޕާފުޅު ޗާލްސްއަކީ ކުނި ހޮއްވަވާ ސާފުކުރެއްވުމަށް ލޯބިކުރައްވާ ބޭފުޅެއްކަން ހާމަކުރައްވާފައެވެ. ޕްރިންސް ޗާލްސްގެ 70ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ބީބީސީއިން ގެނެސްދިން ހާއްސަ ޑޮކިއުމަންޓްރީއަކަށް މައުލޫމާތު ދެއްވަމުން ޕްެރިންސް ހެރީ ވިދާޅުވީ، ސްކޫލް ދައުރުގައި އުުޅުއްވި އިރު، ކުނި ނެގުމުން ބައެއް މީހުންނަށް ވަރަށް ބޮޑު މައްސަލައަކަށް ވިކަމަށެވެ.
އެގޮތަށް ދިމާވުމުން ހެރީ ވިދާޅުވީ އެކަމަކީ އެމަނިކުފާނުގެ ބައްޕާފުޅުވެސް ކުރައްވާ ކަމަކަށްވުމުން ކަށީގައި ހަރުލާފައިވާ ކަމެއް ކަމަށާއި، އެންމެންވެސް އެކަން ކުރަން ޖެހޭނެކަމަށެވެ.
ޕްރިންސް ޗާލްސްގެ ބޮޑު ދަރިކަލުން ޕްރިންސް ވިލިއަމްވެސް ވަނީ ބައްޕާފުޅު ޗާލްސް ކުނި ސާފުކުރެއްވުމަށް ޝައުގުވެެރިކަން ހުންނެވިކަމަށް ވިދާޅުވެ، ކުރިން ކުޑައިރު ޗުއްޓީ ހޭދަކުރައްވަން ދާާއިރުވެސް ތިން ބޭފުޅުން އެކަން ކުރެއްވިކަން ހާމަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް