ފީފާ 15 އަހަރުން ދަށުގެ ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އަޒަރުބައިޖާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ 15 އަހަރުން ދަށުގެ ވަރލްޑްކަޕް އެންޑް ފެސްޓިވަލްގެ ގްރޫޕް ސްޓޭޖުގައި ދިވެހިރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި ލައްވާލައިފިއެވެ.
މުބާރާތުގެ ގުރުއަތުލުން ނިންމާލިއިރު، ރާއްޖެ ހިމެނިފައިވަނީ ގްރޫޕް އޭގައެވެ. ގްރޫޕް އޭގައި ރާއްޖެ އަދި ފްރާންސްގެ އިތުރުން ހިމެނެނީ އެސްޓޯނިއާ، ދެކުނު އެފްރިކާ، އަދި ކޮސޯވޯއެވެ. ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތަކީ ފީފާގެ މެމްބަރު ގައުމުތަކަށް ދައުވަތު ދީގެން ބައްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް، އަޒަރުބައިޖާންގައެވެ.
މި މުބާރާތުގެ ކުޅުމުގެ ގަވާއިދު، އާންމު ފުޓްބޯޅަ މެޗުތަކާ ތަފާތެވެ. ކޮންމެ ޓީމަކުން ދަނޑުމަތީގައި ތިބޭނީ 8 ކުޅުންތެރިންނެވެ. ކޮންމެ މެޗެއްގައި ކުޅޭނީ 20 މިނެޓުގެ ދެ ހާފެވެ. އެހެންކަމުން، ކޮންމެ މެޗެއްގެ ޖުމްލަ ކުޅޭ ވަގުތަކީ 40 މިނެޓެވެ. ހާފްޓައިމް ބްރޭކަށް ލިބޭނީ 5 މިނެޓެވެ. ކޮންމެ ގައުމެއްގެ ސްކޮޑުގައި ތިބޭނީ ޖުމްލަ 15 ކުޅުންތެރިންނެވެ.
ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ގައުމުތަކާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދާ މި މުބާރާތަކީ، ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް ވަރަށް މުހިންމު ތަޖުރިބާއެއް ހޯދޭނެ ފުރުސަތެއްކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް