ރޮށި ޝަވަރުމާ
ރޮށި ޝަވަރުމާ
ލައިފްސްޓައިލް 28 Nov 2025 | 03:46

އިއްޔެގެ ރޮށި ބާކީވެފައި އެބަހުރިތަ؟ އަވަހަށް މިކަހަލަ މީރު އެއްޗެއް ހަދާލަމާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިއްޔެ ބާކީވެފައި ހުންނަ ރޮށިންވެސް ވަރަށް ތަފާތު މީރު އެއްޗެހި ތައްޔާރު ކޮށްލެވޭނެއެވެ. އެ އުކާލުމުގެ ބަދަލުގައި މިފަދަ ރޯލް ކަހަލަ މޯރު އެއްޗެއް ހަދާލުމަކީ އިސްރާފް ކުރުމުން ދުރުހެލި ކޮށްދޭނެ ކަމެކެވެ.

ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާ ތަކެތި

500 ގ ބޯންލެސް ކުކުޅު (ކިޔުބް ކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް

1/4 ޖޯޑު ޔޯގަޓް

1 ސައި ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ މުގުރި އަސޭމިރުސް

1 ސައި ސަމުސާ މުގުރި ދިރި

1 ސައި ސަމުސާ ލޮނު

1 ލުނބޮލުގެ ހުތް

ރަތް ކުލައިގެ ކާކުލަ ކޮޅެއް (ބޭނުން ނަމަ)

ތައްޔާރު ކުރާނެ ގޮތް

ކުކުޅު ކޮޅު ބޮޑު ތައްޓަކަށް އަޅާލުމަށްފަހު، ހުރިހާ ތަކެތި އެ ތައްޓަށް އަޅާލައި ރަނގަޅަށް އެކުލަވާލާށެވެ.

ދެން 30 މިނެޓް ވަންދެން މެރިނޭޓްކޮށްލުމަށްފަހު ތަވައަކަށް ކުޑާ ތެޔޮފޮދެއް އެޅުމަށްފަހު ރޯފިލަންދެން ކުކުޅު ފްރައި ކޮށްލާށެވެ.

ރޯލްސް ހަދަން ބޭނުންވާ ތަކެތި

ރޮށި

2 ބެލްޕެޕާ (ކިޔުބްކޮށް ކޮށްފައި)

ލެޓިޔުސް ފަތް (ކޮށަފައި)

5 މޭޒުމަތީ ސަމްސާ މަޔޮނައިޒް

1 ލޮނުމެދު (ގާނާަފައި)

1 މޭޒުމަތީ ސަމުސާ ފްރައިޑް ޗިކަން ޗިލީ ސޯސް

ކުޑަ ލޮނު ކޮޅެއް

މޮޒެރެއްލާ ޗީޒް (ގާނާފައި)

ތައްޔާރު ކުރާނެ ގޮތް

މަޔޮނައިޒް، ގާނާފައި ހުރި ލޮނުމެދު ، ފްރައިޑް ޗިކަން ޗިލީ ސޯސް އަދި ލޮނު ތައްޓެއްގައި އެކުލަވާލައި ސޯސް ތައްޔާރު ކޮށްލާށެވެ.

ދެން ރޮށީގައި ސޯސް އުނގުލާމުަށްފަހު ރޮށީގެ މެދަށް ކުކުޅު ކޮޅެއް އަޅާލާށެވެ.

ކުކުޅުކޮޅު މައްޗަަށް ބެލް ޕެޕާ ކޮޅަކާ، ލެޓިޔުސް ފަތް ކޮޅެއް އަޅާލުމަށްފަހު، މައްޗަށް ޗީޒް އަޅާލާށެވެ.

ދެން ރޮށީގެ ދެފަރާތުން ފޯލްޑް ކޮށްލައި ޝަވަރުމާއެއް ގޮތަށް ރޯލް ހަދާލާށެވެ. ބާކީ ރޮށިތައްވެސް މިގޮތަށް ތައްޔާރު ކޮށްލާށެވެ.

އެއަށްފަހު ކުޑަ ތެޔޮ ފޮދެއް ތަވައަށް އަޅާލުމަށްފަހު ފޮޅިތަކުގެ ދެފަރާތް ކުޑަކޮށް ފްރައި ކޮށްލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...