އެފިލްމްގެ މަންޒަރެއް
އެފިލްމްގެ މަންޒަރެއް
ދުނިޔެ 14 Sep 2024 | 18:26

ސައޫދީގެ ނަން ހުތުރުވާ ގޮތަށް ކުޅެފައިވާ ހިންދީ ފިލުމެއްގެ މައްސަލަ ހޫނުވެއްޖެ

ސައޫދީގެ ނަން ހުތުރުވާ ގޮތަށް ކުޅެފައިވާ ހިންދީ ފިލުމެއްގެ މައްސަލަ ހޫނުވެއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާގައި ބިދޭސީ މަސައްކަތްތެރިއަކަށް ދިމާވި ހިތާމަވެރި ހާދިސާއެއް އިންޑިއާގެ ފިލްމެއްގައި ދައްކުވައިދީފައިވާ އެފިލްމުގެ މައްސަލަ ގަލްފު ޢަރަބި ޤައުމުތަކުގައި މިހާރު މިވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.

"ދަ ގޯޓް ލައިފް" ގެ ނަމުގައި ނެރެފައިވާ މި ފިލްމަކީ 1990 ގެ އަހަރުތަކުގައި ސަޢޫދީ ޢަރަބިއްޔާގައި މަސައްކަތްކުރުމަށް ދިޔަ ކޭރަލާގެ ނަޖީބު މުޙައްމަދުގެ ހަޤީޤީ ވާހަކައެއް ކަމަށް ބުނެއެވެ.

މި ފިލްމުގައި ދައްކުވައިދެނީ ނަޖީބު މުޙައްމަދު ސަޢޫދީ ޢަރަބިއްޔާއަށް ދިޔުމަށްފަހު، އޭނާގެ ވިސާ ސްޕޮންސަރ ނޫން މީހަކު އޭނާ ގަދަކަމުން ގެންގޮސް، ބަކަރި ބެލެހެއްޓުމުގެ މަސައްކަތް ކުރުވައި، އަނިޔާކޮށް އަދި އޭނާގެ ލިޔެކިޔުންތައް ނައްތާލި ކަމަށެވެ. މި ފިލްމު ނެރުނު ފުރަތަމަ ހަފްތާގައި 10 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބުނު ކަމަށް ވެއެވެ.

ނަމަވެސް މި ފިލްމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ އިމޭޖަށް އަސަރުކުރާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާ އާއި އެހެން ބައެއް ގަލްފު ޤައުމުތަކުގައި މި ފިލްމު ދެއްކުން މަނާކޮށްފައިވާ ކަމަށް ބުނެވެއެވެ. އެހެންނަމަވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މި ފިލްމު ވަނީ ޢާއްމު ގޮތެއްގައި ދައްކާފައެވެ.

މި ފިލްމު ނެޓްފްލިކްސްގައި ދައްކަން ފެށުމާއެކު، ސަޢޫދީ ޢަރަބިއްޔާގެ ސޯޝަލް މީޑިއާގައި މި ފިލްމާ ގުޅޭ ގޮތުން ހޫނު ބަހުސްތަކެއް ކުރިއަށްދާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަ މިހާ ބޮޑަށް ސަމާލުކަން ލިބެމުންދަނީ ސަޢޫދީ ޢަރަބިއްޔާއިން "ވިޝަން 2030" ގެ ދަށުން ޤައުމުގެ އިމޭޖު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް
12 Oct 2026 ދުނިޔެ

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއް...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
11 Oct 2026 ދުނިޔެ

ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ދިން ޓެރަރިސްޓް ހަމަލާގައި އުމްރާ ވެރީންނާއި ހަރަމްފުޅަށް ޒިޔާރަތްކުރި ބައެއް ފަރާތްތައް ޝަހީދުވެ، ބައެއް ފަރާތްތަކ...

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 Oct 2026 ހަބަރު

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަމުގެ ދިފާއުގައި ކުރާ މަސައްކަތުގައި ސައުދީ އ...