ޗެމްޕިއަންކަން ހޯދި ހަނިމާދޫ ޓީމް
ޗެމްޕިއަންކަން ހޯދި ހަނިމާދޫ ޓީމް
ކުޅިވަރު 25 Aug 2026 | 10:08

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް

އެފްއޭއެމް ފުޓްސަލް އެޓޮލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ފައިނަލުގައި ރޭ ނައިވާދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި ހަނިމާދޫން އަތޮޅު ޗެމްޕިއަންކަން ކާމިޔާބުކޮށްފިއެވެ.

ފައިނަލް މެޗުގެ ކުރީކޮޅު ބޯޅަ ހިފަހައްޓައި ގިނަ ފުރުޞަތުތައް އުފެއްދީ ނައިވާދޫންނެވެ. ނަމަވެސް ހަނިމާދޫގެ ޑިފެންސް ލައިނުން އެ ހަމަލާތައް ހުއްޓުވައި ގޯލު ވައްދަން ޖާގަ ނުދީ ހިފެހެއްޓީ ވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ. ހަނިމާދޫގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ނޫރުﷲ ތޯހާއެވެ. އެ ގޯލު ޖެހީ ޢަލީ ޙުސައިން ދަގަނޑޭ ވަރަށް ހުސްކޮށް ދިން ބޯޅައަކުންނެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު ޚާލިދް (ކައްޓާ) އެވެ.

ހަނިމާދޫގެ ޑިފެންސުގައި އަބޫބަކުރު ޞިއްދީޤް (ބަކުރު) މުހިންމު ދައުރެއް އަދާކުރިއިރު ގޯލުގައި ހުރި ޢަބްދުﷲ މުޙައްމަދު (ޓޯނީ) ވަނީ މެޗު ފެށުނީއްސުރެ ނިމެންދެން ފާހަގަކޮށްލެވޭ ސޭވްތަކެއް ކޮށްދީފައެވެ. ޓޯނީ ވަނީ ނައިވާދޫއަށް ލިބުނު ޕެނެލްޓީ ވެސް ދިފާއުކޮށްފައެވެ. ފައިނަލް މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ލިބުނީ ޓޯނީއަށެވެ.

ޓޯނީ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމާއި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ. ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ޕެންޝަން އޮފީހުގެ "3ޖެން ވޯކް" ހަނިމާދޫގައި ބާއްވައިފި
17 Oct 2026 ހަބަރު

ޕެންޝަން އޮފީހުގެ "3ޖެން ވޯކް" ހަނިމާދޫގައި ބާއްވައިފި

މާލީ ރައްކާތެރިކަމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ބާއްވާ "3ޖެން ވޯކް"ގެ ހަތަރުވަނަ ހިނގާލުން ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

ހަނިމާދޫއިން ފަސޭހަކަމާއެކު ކެލާ ބަލިކޮށްފި
05 Sep 2026 ކުޅިވަރު

ހަނިމާދޫއިން ފަސޭހަކަމާއެކު ކެލާ ބަލިކޮށްފި

ހއ މުރައިދޫގައި މިހާރު ކުރިއަށްދާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް 2026 ގެ ފުރަތަމަ މެޗްގައި ހަނިމާދޫ އާއި ކެލާ ބައްދަލުކުރިމެޗް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. ކެލާގެ މަ...

ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
06 Aug 2026 ހަބަރު

ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި

ކުދި ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި ޤުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ 'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރ...

ހަނިމާދޫގައި ލޯންޗެއްގައި ރޯވެ، ދެމީހަކު ފިހިއްޖެ؛ ކެޕްޓަން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް
22 Jul 2026 ހަބަރު

ހަނިމާދޫގައި ލޯންޗެއްގައި ރޯވެ، ދެމީހަކު ފިހިއްޖެ؛ ކެޕްޓަން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް

ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެމީހަކު ފިހިއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 00:20 އެހައިކަންހާއިރު ކަމަށެވެ. އަދި މި ހާދިސާގ...

ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކުގެ އިދާރާތައް އުވާލައިފި
18 May 2026 ހަބަރު

ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކުގެ އިދާރާތައް އުވާލައިފި

ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކުރި ދެންނެވުމެއްގަ...