ޕޯޗުގަލްގެ ކެޕްޓަން، ރޮނަލްޑޯ
ޕޯޗުގަލްގެ ކެޕްޓަން، ރޮނަލްޑޯ
ކުޅިވަރު 07 Jul 2026 | 07:35

ޕޯޗުގަލްއަށް ޔޫރޯ ކާމިޔާބުކޮށްދިނިން؛ އެއީ ވޯލްޑްކަޕް ކާމިޔާބުކުރުން ފަދަ ކަމެއް: ރޮނާލްޑޯ

އެމެރިކާގެ ޑަލަަސްގައި ރޭ ކުޅުނު ވޯލްޑްކަޕްގެ ފޯރިގަދަ މެޗުން ސްޕެއިން އަތުން 1-0 އިން ބަލިވެ، މުބާރާތުން ކެޓުމާއެކު، މިއީ އޭނާގެ ފަހު ވޯލްޑްކަޕްކަން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަށަވަރުކޮށްދީފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ، ވޯލްޑްކަޕުން ވަކިވާން ޖެހުމުން ހިތާމަކުރި ނަމަވެސް، އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 233 ވަނަ މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، 2016 ވަނަ އަހަރު ޕޯޗުގަލްއަށް ޔޫރަޕްގެ ތަށި (ޔޫރޯ) ހޯދައިދިނުމަކީ އޭނާއަށް ވޯލްޑްކަޕެއް ކާމިޔާބުކުރުމާ އެއްވަރުގެ ކަމެއް ކަމަށެވެ.

"އަހަރެން މިދަނީ ސާފު ހިތަކާއެކު. އަހަރެންގެ ކުރިން ޕޯޗުގަލްއިން ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައެއް ނުވޭ. އަހަރެން މިވަނީ ގައުމީ ޓީމާއެކު ތިން ތަށި ކާމިޔާބުކޮށްދީފައި،" ހަ ވޯލްޑްކަޕެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.

މި މެޗުގެ ފަހު މިނެޓުގައި ސްޕެއިންގެ މިކޭލް މެރީނޯ ޖެހި ލަނޑާއެކު ޕޯޗުގަލް މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މާޓިނޭޒް ބުނީ ރޮނާލްޑޯއަކީ ނަމޫނާ ކެޕްޓަނެއް ކަމަށާއި، އޭނާއަކީ ފުޓްބޯޅައިގެ އައިކަންއެއް ކަމަށެވެ. އަދި މިއީ ކޯޗެއްގެ ގޮތުގައި މާޓިނޭޒް ޕޯޗުގަލްއަށް އިރުޝާދުދިން ފަހު މެޗުކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ވަނީ މެޗުން މޮޅުވި ލަނޑު ޖަހައިދިން މެރީނޯގެ ކުޅުމަށް ތައުރީފުކޮށް، އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ބުނެފައެވެ.

ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ވަނީ ޕޯޗުގަލްއަށް 2016 ގެ ޔޫރޯގެ އިތުރުން 2019 އަދި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްދީ، އެ ގައުމުގެ ފުޓްބޯޅަ ތާރީޚު ބަދަލުކޮށްލާފައެވެ. ކުރިމަގާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު އެކަމާ މެދު ވިސްނާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.