ބްރައިޓަން އާ މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައި
ބްރައިޓަން އާ މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައި
ކުޅިވަރު 17 Sep 2026 | 08:19

އިނގިރޭސި ލީގްކަޕުން އެންމެ ބޮޑު ކްލަބް، މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފި

ބްރައިޓަން އާ ދެކޮޅަށް ކުޅުނުމެޗުން ބަލިވެ، އިނގިރޭސި ލީގްކަޕުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފިއެވެ.

ލީގްކަޕްގައި ބްރައިޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗުން ޔުނައިޓެޑް ބަލިވީ 2-3 ގެ ނަތީޖާއިންނެވެ. މި މެޗް ކުޅުނީވެސް މެންޗެސްޓަރ ޔުނައިޓެޑްގެ އަމިއްލަ ދަނޑުކަމަށްވާ އޯލްޑް ޓްރަފަޑްގައެވެ. މިއީ ޖެހިޖެހިގެން ދެވަނަ އަހަރު މި މުބާރާތުގެ ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވި ފަހަރެވެ.

މެޗުގެ ކުރީކޮޅު ޝީ ލޭސީ އާއި މޭސަން މައުންޓް ޖެހި ލަނޑުތަކާއެކު ޔުނައިޓެޑުން ބޮޑު ލީޑެއް ހޯދި ނަމަވެސް، މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި އޯލްޑް ޓްރަފޯޑްގައި 2-0 އިން ކުރީގައި އޮއްވައި ޔުނައިޓެޑް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މެންޗެސްޓަރ ޑާބީގައި ލިބުނު ނާކާމިޔާބީއަށް ފަހު ކެރިކްގެ އިރުޝާދުގެ ދަށުން ނުކުތް ޔުނައިޓެޑަށް މެޗުގެ ބޮޑު ބައެއްގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ބްރައިޓަންގެ ކޮސްޓޫލަސް ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއިރު، ދެވަނަ ހާފުގައި ޕާސްކަލް ގްރޮސް އާއި މެކްސިމް ޑި ކުއިޕާ ވަނީ އިތުރު ދެ ލަނޑު ޖަހައި ޔުނައިޓެޑް ސިއްސުވާލާފައެވެ.

ޔުނައިޓެޑަށް ކާމިޔާބު ކުރެވެން އޮތް މުބާރާތަކުން މިހާ އަވަހަށް ވަކިވާން ޖެހުމުން، ކޯޗު މައިކަލް ކެރިކްގެ ނިންމުންތަކާ މެދު މިހާރު ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވާން ފަށާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.