މޮޅުވުމުން މެޑަލާއި ޝީލްޑް ހަވާނުކޮށް އެފްއޭއެމްގެ ޓީމު ދިއުމުން ކުޑަހުވަދޫގެ ރައްޔިތުން ކަންބޮޑުވުން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޮޅުވުމުން މެޑަލާއި ޝީލްޑް ހަވާނުކޮށް އެފްއޭއެމްގެ ޓީމު ދިއުމުން ކުޑަހުވަދޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުޑަހުވަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބީއެމްއެލް ސެންޓްރަލް ރީޖަން ލީގު 2026 ފުޓްބޯޅަ މުބާރާތުގައި މިއަދުގެ މެޗު ނިމުނު ފަހުން ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

މިއަދުގެ މެޗަށް ކުޑަހުވަދޫ ޓީމު ނިކުތީ ފުރިހަމަ ކުރަންޖެހޭ އަދި ބަލަންޖެހޭ ހުރިހައި އިޖްރާއަތްތަކެއް ފުރިހަމަ ކޮށްގެން ކަމަށާ މެޗުގެ ސްކޮޑް ފައިނަލްކޮށް މެޗު ފެށީވެސް އެފްއޭއެމްގެ ކޮމްޕެޓިޓިން ޑިޕާޓްމަންޓް އަދި މެޗު ކޮމިޝަނާގެ ވާހަކައިން ވެސް އެފްއޭއެމް އިން ހިއްސާކޮށްފައިވާ އެއްވެސް ލިޔެކިޔުމަކުން އެ ޓީޏުގެ އެއްވެސް ކުޅުންތެރިއކަށް ދެ ކާޑު ހަމަވެފައިނުވާކަން ކޮމިޝަނާގެ ފަރާތުން އެންގުމުން ކަމަށެވެ.

ނަމަވެސް މިއަދުގެ މެޗު 4-1 ގެ ނަތީޖާއަކުން ކުޑަހުވަދޫ ކާމިޔާބުކޮށްފައިވަނިކޮށް އިދިކޮޅު ޓީމުން ޖެއްސި މައްސަލައަކާއި ގުޅިގެން މެޗުގެ ނަތީޖާ ފާޅުނުކޮށް އަދި މުބާރާތުގެ ސެންޓްރަލް ރީޖަން ލީގު 2026 ގެ ޗެމްޕިއަން ޓީމު ކަމުގައިވާ ކުޑަހުވަދޫ ފުޓްބޯޅަ ޓީމަށް ލިބެން ޖެހޭ މެޑަލާއި ޝީލްޑް ހަވާލުނުކޮށް މެޗުގެ ރަސްމިއްޔާތު ނުބާއްވާ އެފްއޭއެމްގެ ޓީމުން ދަނޑު ދޫކޮށް ގޮސްފައިވާ ކަމަށެވެ. އެއީ ކުޑަހުވަދޫ ޓީމާއި އެ ރަށުގެ ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމުގައިވެސް ބުނެފައިވެ އެވެ.
މިއަދުގެ ފައިނަލްގަައި ބައްދަލުކުރީ ކުޑަހުވަދޫއާ ހުރަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް