ޕީއެސްޖީ؛ ފޮޓޯ / ސީބީއެސް
ޕީއެސްޖީ؛ ފޮޓޯ / ސީބީއެސް
ކުޅިވަރު 29 Apr 2026 | 04:14

5-4 ގެ ނަތީޖާއަކުން ބަޔާންގެ މައްޗަށް ޕީއެސްޖީން ކުރިހޯދައިފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ބަޔާން މިއުނިކް ރޭ ބައްދަލުކުރި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު 4-5 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.

ރޭ ފްރާންސްގެ ޕެރިހުގައި ހުންނަ ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ސެމީ ފައިނަލެއްގެ ފުރަތަމަ ލެގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗެވެ.

މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައި ބަޔާންއަށް ކުރިހޯދައިދިނީ ހެރީ ކޭންއެވެ. ނަމަވެސް ޕީއެސްޖީން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފައެވެ. އެގޮތުން ކްވަރަޓްސްކޭލިއާ 23 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއިރު، ޖޮއާއޮ ނޭވޭސް 33 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ހޯދައިދިނެވެ. ބަޔާންގެ މައިކަލް އޮލީސޭ 41 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސްމާން ޑެމްބެލޭ ވަނީ ޕެނަލްޓީއަކުން ޕީއެސްޖީއަށް އަލުން ލީޑު ހޯދައިދީފައެވެ.

ދެވަނަ ހާފު ފެށިގެން ޕީއެސްޖީން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި އިތުރު ދެ ލަނޑު ޖަހާފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ކްވަރަޓްސްކޭލިއާ އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ 1 މިނެޓު ފަހުން ޑެމްބެލޭ ވަނީ ޕީއެސްޖީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއާއެކު މެޗުގެ 58 ވަނަ މިނެޓާ ހަމައަށް ޕީއެސްޖީ އޮތީ 5-2 ގެ ބޮޑު ލީޑެއްގައެވެ.

ބަޔާން މިއުނިކުން ވަނީ މެޗުގެ ފަހު 25 މިނެޓުގެ ތެރޭގައި ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި  އުޕަމެކާނޯ ބޮލުން ލަނޑެއް ޖެހިއިރު، 67 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފަހު މިނެޓުތަކުގައި ބަޔާންއިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީއަށް ވަނީ ފައިނަލުގެ ފުރުސަތު ބޮޑުވެފައެވެ. ނަމަވެސް ބަޔާންއިން ޖެހި ހަތަރު ލަނޑާއެކު ދެވަނަ ލެގަށް ދާއިރު އެޓީމަށް ވެސް އުންމީދު އެބައޮތެވެ. މި ދެޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ އަންނަ މެއި މަހުގެ 7 ވަނަ ދުވަހު ޖަރުމަނުގެ އެލިއަންޒް އެރީނާގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...