ޓޫނާ އެގް ސެލެޑް
ޓޫނާ އެގް ސެލެޑް
ލައިފްސްޓައިލް 19 Jul 2024 | 05:02

ސިއްޙަތަށް ފައިދާ ހުރި، މީރު، މި ސެލެޑު މިއީ ޑައިޓް ކުރާ މީހުން ކާލަން ރަނގަޅު އެއްޗެއް!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އާއްމުކޮށް ބަރުދަން ލުއި ކޮށް ޑައިޓް ޖައްސާއިރުވެސް އެންމެ ގިނައިން ދިމާވާ އެއް ކަމަކީ ރޭގަނޑު ބަނޑުހައި ވެގެން، މާ ލަސްކޮށްފައި ކާންޖެހޭ މައްސަލައެވެ. ރޭގަނޑަށް މިފަދައިން މާ ލަހުން ކާ ނަމަ، ބަރުދަން ލުއި ކުރަން ވަރަށް އުނދަގޫ ވާނެ އެވެ.

އެހެންކަމުން، މިއަދު “ވޮއިސް”ގެ ބަދިގެއިން މި ގެނެސްދެނީ ރޭގަނޑު ގަދަޔަށް ކެއުމުގެ ބަދަލުގައި ކާލާނެ ސެލެޑެއްގެ ރެސިޕީއެވެ. ރޭގަނޑު އިރާކޮޅު 7 ގެ ކުރިން މި ސެލެޑް އެކަނި ކެއުމުންވެސް އެރެއަށް ފުދޭ ވަރަށް ހުންނާނީ ކެވިފައެވެ.

ބޭނުންވާ ތަކެތި

1 ދަޅު މަސް

2 ޖޯޑު ލެޓިޔުސްފަތް، (ކޮށާފައި)

1 ކިޔުކަންބާ (ކިޔުބް ކޮށް ކޮށާފައި)

2 ފެނު ކައްކާފަހުރި ބިސް (ކިޔުބްކޮށް ކޮށާފައި)

1 ބިސް

7 ގ ބަޓަރ ޕޯޝަނެއް

1 ފިޔާ (ތުނިކޮށް ކޮށާފައި)

1 ލުނބޯ

1/2 ސައިސަމުސާ އަސޭމިރުސް

2 ރޯ ޓޮމާޓޯ

1/2 ބެލްޕެޕަރ (ކިޔުބްކޮށް ކޮށާފައި)

ގިތެޔޮ މިރުސް

ލޮނު

1 މޭޒުމަތީ ސަމުސާ ސެލެޑް ސޯސް ނުވަތަ މަޔޮނައިޒް

ތައްޔާރު ކުރާނެ ގޮތް

1) ފިޔާކޮޅު ލުނބޯ ހުތް ޖަހައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން މަސްދަޅު، އަދި ގިތެޔޮ މިރުސް އަޅާލުމަށް ލޮނު އަޅައި ލޮނު ހެޔޮވަރު ކޮށްލާށެވެ.

2) ދެން ނުކައްކާ އޮތް ބިހާއި ބަޓަރ ޕޯޝަނާއި ތައްޓެއްގައި އެކުލަވައި ލުމަށްފަހު، އެއަށް ކުޑަ ލޮނު ކޮޅަކާއި އަސޭމިރުސް އަޅާލުމަށްފަހު ބިސްގަނޑެއް އަޅާލާށެވެ.

3) ބިސްގަނޑު ކޮށާލުމަށްފަހު، މަސްގަނޑަށް އަޅާލުމަށްފަހު މޮޑެލާށެވެ. ދެން ކެއްކި ބިސްއަޅާލައި އެކުލަވާލާށެވެ.

4) ދެން، ލެޓިޔުސް ފަތާއި، ޓޮމާޓޯ، ބެލްޕެޕަރ އަދި ކިޔުކަންބާ އަޅައި އެކުލަވާލުމަށްފަހު މަޔޮނައިޒް އާއި އަސޭމިރުސް އަޅާލާ އެކުލަވާލާށެވެ. ލޮނު މަޑު ނަމަ، އިތުރު ލޮނު ކޮޅެއް އަޅާލާށެވެ.

ޓޫނާ އެގް ސެލެޑް އެހުރީ ތައްޔާރުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...