އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަަވަނަ ރައީސްކަމުގެ މަގާމު ޅ.ހިންނަވަރު، ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވައިފިއެވެ.
ދާދި ދެންމެއަކު ގަލޮޅު ބޯޅަދަނޑުގައި ރައީސް އިބްރާހިމް މަގާމުގެ ހުވާކުރެއްވި އިރު، ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ ކުރިފުޅުމަތީގައި، އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ މަގާމުގެ ފަތްކޮޅުގައި ސޮއިކުރައްވާފައެވެ.
އެމްޑީޕީއާއި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި 23 ސެޕްޓެމްބަރ ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަކީ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނު އަސާސީގެ ދަށުން މަގާމުގެ ހުވާކުރެއްވި ހަތަރު ވަނަ ރައީސްްއެވެ.
އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމާއި އެކު އެމަނިކުފާނު މިހާތަނަށް ހުންނެވި ޅ.ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ވަނީ ހުސްވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް