ފްރާންސް ކުޅުންތެރިން... ފޮޓޯ: ރެއާލް މެޑްރިޑް
ފްރާންސް ކުޅުންތެރިން... ފޮޓޯ: ރެއާލް މެޑްރިޑް
ކުޅިވަރު 06 Oct 2026 | 09:26

ފަހަތުން އަރައި 4 ލަނޑު ޖަހައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގްގައި ރޭ ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރިމެޗް ފަހަތުން އަރައި ފްރާންސުން ކާމިޔާބުކޮށްފިއެވެ.

މިމެޗް ފަރާންސުން ކާމިޔާބުކުރީ ބެލްޖިއަމުން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. މެޗްގެ ކުރީކޮޅު  ބެލްޖިއަމް އިން ވަނީ މޮޅު ކުޅުމެއް ދައްކައި ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ބެލްޖިއަމްގެ ރޮމެއޯ ލާވިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޯޑީ ލޫކެބާކިއޯ ވަނީ ލަނޑެއް ޖަހައި ބެލްޖިއަމަށް ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފް ނިމުނީ ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

މެޗްގައި ފްރާންސުން އެއްވަރުކުރީ 77 ވަނަ މިނެޓް ތެރޭގައި ޒުވާން ކުޅުންތެރިޔާ ޑެސިރޭ ޑޫއޭ އެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަޔާން ޗެރްކީ ވަނީ ލަނޑެއް ޖަހައި ފްރާންސަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މި މެޗްގައިވެސް އޮލިސޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޮލިސޭ ވަނީ މެޗުގެ ފަހުކޮޅު ދެ ލަނޑު ޖަހައި ފްރާންސްގެ މޮޅު ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.