ރޮނާލްޑް އަރައޫހޯ.. ފޮޓޯ: ރޮއިޓާސް
ރޮނާލްޑް އަރައޫހޯ.. ފޮޓޯ: ރޮއިޓާސް
ކުޅިވަރު 08 Aug 2026 | 10:47

ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް


ބާސެލޯނާގެ ސެންޓަރ ބެކް ރޮނާލްޑް އަރައޫހޯ ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލާ ގުޅުމަށް ކުއްލި ގޮތަކަށް ނިންމައިފިއެވެ.

އުމުރުން 27 އަހަރުގެ އުރުގުއާއީ ޑިފެންޑަރަކީ 2031 ވަނަ އަހަރާ ހަމައަށް ބާސެލޯނާއާ އެކު ކޮންޓްރެކްޓެއް އޮތް ކުޅުންތެރިއެކެވެ. ނަމަވެސް މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.

ލިވަޕޫލުން ތަޖުރިބާކާރު ޑިފެންޑަރެއް ހޯދަން ޖެހުނީ ޑިފެންސް ލައިނަށް ދިމާވި ގިނަ މައްސަލަތަކެއްގެ ސަބަބުންނެވެ. އެ ޓީމުގެ މުހިންމު ސެންޓަރ ބެކް އިބްރަހިމާ ކޮނާޓޭ ވަނީ ރެއާލަށް ބަދަލުވެފައެވެ. ރެންސް އިން ގެނައި 21 އަހަރުގެ ޖެރެމީ ޖެކޭ، ކޮނޑުގެ ސާޖަރީއަކަށް ފަހު މިދިޔަ ސީޒަނުގެ ބޮޑު ބައެއް ގެއްލުނުއިރު ޕްރީ ސީޒަނުގެ ޙަރަކާތްތަކުގައި ވެސް ބައިވެރިއެއް ނުވެއެވެ. ޖެކޭ އަކީ ސީނިއާ ލެވެލްގައި 100 މެޗު ވެސް ހަމަނުވާ ކުޅުންތެރިއެކެވެ. ހަމައެއާ އެކު ޖޯ ގޯމޭޒަށް ޕްރީ ސީޒަނުގެ ފުރަތަމަ މެޗުގައި މަސްގަނޑުގެ އަނިޔާއެއް ލިބުނުއިރު ޒުވާން ޖިއޮވާނީ ލިއޯނީ އަދި ހުރީ އަނިޔާއިން ރަނގަޅުވުމުގެ މަރުހަލާގައެވެ. މި ހާލަތުގައި ކޯޗު އެންޑޯނީ އިރައޯލާގެ ޓީމުގެ ފިޓް ހަމައެކަނި ސީނިއާ ސެންޓަރ ބެކަކީ ކެޕްޓަން ވާޖިލް ފެން ޑައިކެވެ.

2018 ވަނަ އަހަރު ބާސެލޯނާގެ ބީ ޓީމާ ގުޅި 2019 ގައި ސީނިއާ ޓީމަށް ޕްރޮމޯޓްވި އަރައޫހޯ ވަނީ ނޯ ކޭމްޕްގައި 200 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ. މިދިޔަ ޖެނުއަރީގައި ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގަން ކްލަބު ދޫކޮށްލުމުން ޓީމުގެ ކެޕްޓަންކަން ވެސް އޭނާއަށް ލިބުނެވެ. އެހެންނަމަވެސް ޑިޕްރެޝަނާ ގުޅިގެން 2025 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ދުވަސްތަކެއް ވަންދެން ފުޓްބޯޅައާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ނިމިގެންދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގައި އޭނާއަށް ކުޅެވުނީ އެންމެ 11 މެޗެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.