އެސްޓީއޯ ހެޑް އޮފީސް
އެސްޓީއޯ ހެޑް އޮފީސް
ވިޔަފާރި 22 Apr 2026 | 16:47

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ސަާފްފައިދާ 276 މިލިއަން ރުފިޔާގައި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މިހިނގާ އ3ަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ސާފްފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން ނެރެ އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ފުރަތަމަ މާލީބަޔާނަށް ބަލާއިރު، މި ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 5.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރއާއި އަޅާ ބަލައި އިރު 33 އިންސައްތައިގެ އިތުރުވުމެކެވެ.

މާލީބަޔާނަށް ބަލާއިރު ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔުމާއި، އަދި މި ކުއާޓަރގައި ބަންކަރިން ހިމެނޭގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމެވެ. މީގެ އިތުރުން ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެ، އާމްދަނީ އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މާލީހިސާބުތަކަށް ބަލާއިރު، އެސްޓީއޯއަށް ލިބުނު ޖުމްލަ އާމްދަނީ އިތުރުވުމާއެކު މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.

ނިމިގެންދިޔަ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް، ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ ވަނީ، އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 14 އިންސައްތައިން އިތުރުވެފައެވެ. އެގޮތުން މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 368 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ
28 Sep 2026 ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވ...

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
27 Sep 2026 ވިޔަފާރި

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރ...

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި
24 Sep 2026 ހަބަރު

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އ...

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި
02 Sep 2026 ހަބަރު

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި

ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނި...