މޯލްޑިވްސް ކްރިކެޓް ބޯޑް (ސީބީއެމް)
މޯލްޑިވްސް ކްރިކެޓް ބޯޑް (ސީބީއެމް)
ކުޅިވަރު 09 Sep 2025 | 13:22

އޮޅުވާލުމާއި މަކަރު ހެދުމުގެ މައްސަލައާއި ސީބީއެމް އާއި ގުޅުމެއް ނެތް

ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވާސިޓީތަކުން ޕްލޭސްމަންޓު ހޯދައިދޭނެ ކަމަށް ބުނެ ޒީޑު އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ސްކޭމް ކުރަމުން އަންނަ މައްސަލަތަކެއް މިދުވަސްކޮޅު ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައިވާއިރު، މި މައްސަލައާއި މޯލްޑިވްސް ކްރިކެޓް ބޯޑް (ސީބީއެމް) އާއި ގުޅުމެއް ނެތް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ. .

މި މައްސަލައިގައި ފުލުހުން ވަނީ މިއަދު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ، ސްރީ ލަންކާގެ ރައްޔިތެއް ކަމަށް އެނގިފައިވެ އެވެ. ޒީޑް އިންޓަނޭޝަނަލް އަކީ ކްރިކެޓް ބޯޑުގައި މަސައްކަތް ކުރާ އަބްދުﷲ އިމާދު އިސްމާއިލްގެ ނަމުގައި ހިންގާ ކުންފުންޏެކެވެ. އެތަން ހިންގަނީ ވެސް ކްރިކެޓު ބޯޑުގެ އޮފީހުގައި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ނޫސް ބަޔާން.. 

ކްރިކެޓް ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސެޕްޓެމްބަރު 8 ވީ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އޮފީހަށް ފުލުހުންނާ އެކު، އިތުރު ބައެއް ވަދެގެން އުޅޭ ކަމުގެ ހަބަރު ލިބިގެން އެތަނަށް ބޯޑުގެ ސީނިއާ މެނޭޖްމަންޓު ފަރާތުން ދިޔަ ކަމަށެވެ.

އެ ތަނަށް ގޮސް ބެލި ބެލުމުގައި ބޯޑުގެ އޮފީސް އިމާރާތަށް ރަަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ބޭރުގެ ރައްޔިތަކު ވަދެފައިވާތީ އާއި އަދި އޭނާ އޮފީހަށް ވެއްދުމުގައި ބޯޑުގެ މުވައްޒަފެއް ބައިވެރިވެފައިވާތީވެ، މުވައްޒަފާ މެދު މި ބޯޑުން ފިޔަވަޅު އަޅާފައިވާ ކަމަށް، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މި ހިނގި ކަންތައްތަކާ ގުޅިގެން ހަބަރާއި ސޯޝަލް މީޑިއާގައި ކްރިކެޓް ބޯޑުގެ އޮފީސް ބޭނުންކޮށްގެން އޮޅުވާލުމާއި މަަކަރު ހެދުމުގެ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރާތީވެ، މިކަމާ ގުޅޭ ގޮތުން ބޯޑުގެ ރައީސް، މުހައްމަދު ފައިސަލް އާއި އެގްޒެކްޓިވް ކޮމިޓީ މެމްބަރުން ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

މީގެ އިތުރުން، މިކަން ތަހުގީގުކޮށް ކަމުގެ ހަގީގަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ކްރިކެޓް ބޯޑުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ކްރިކެޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...