ސްވިޑެންކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލޭންޑްސް ކުޅުންތެރިން.. ފޮޓޯ: ސްކައި ސްޕޯޓްސް
ސްވިޑެންކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލޭންޑްސް ކުޅުންތެރިން.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު 21 Jun 2026 | 01:41

ސްވިޑަން ބަލިކޮށް ނެދަލޭންޑުން ނޮކްއައުޓްގެ ފުރުސަތު ބޮޑުކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ސްވިޑަން ބަލިކޮށް ނެދަލޭންޑުން ވަރލްޑްކަޕް ނޮކްއައުޓް ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ގްރޫޕް އެފްގައި ރޭ ސްވިޑަން އާއި ނެދަލޭންޑްސް ބައްދަލުކުރިމެޗް، ނެދަލޭންޑުން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނެދަލޭންޑްސްގެ ބްރަޔަން ބްރޮބީ އަދި ކޯޑީ ގަކްޕޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ އެއްވަރުވި ނަމަވެސް، ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅޭ ނެދަލޭންޑްސް ޓީމުން މި މެޗުގައި ވަނީ ވަރުގަދަ ހަމަލާތަކެއް އުފައްދާފައެވެ. ސްވިޑަން އަތުން ލިބުނު ތިން ޕޮއިންޓާއެކު ނެދަލޭންޑަށް ވަނީ ޖުމްލަ ހަތަރު ޕޮއިންޓް ލިބި، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެފައެވެ. ފުރަތަމަ މެޗުގައި ޓިއުނީޝިއާ އަތުން ބޮޑު މޮޅެއް ހޯދި ސްވިޑަންއަށް މި މެޗުގައި ނެދަލޭންޑްސްގެ ހަމަލާތައް ހުއްޓުވުމުގައި ވަނީ ނުކުޅެދިފައެވެ. ސްވިޑަންގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އެންތަނީ އެލަންގާއެވެ.

މި މެޗުގައި ބްރޮބީ ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، ގޯލާ ކައިރިން ދެ ލަނޑު ކާމިޔާބުކޮށް ނެދަލޭންޑްސްއަށް މެޗުގެ ކޮންޓްރޯލް ހޯދައިދީފައެވެ. ސަންޑަލޭންޑަށް ކުޅެމުން އަންނަ ބްރޯބީ ފަރށތުން ސްވިޑަންގެ ޑިފެންޑަރުންނަށް ވަނީ އެތައް އުނދަގޫތަކެއް ކުރިމަތިކުރުވާފައެވެ. މިމެޗްގައި ބްރޯބީގެ އިތުރުން ލިވަޕޫލަށް ކުޅެމުން އަންނަ ގަކްޕޯވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރޭ ގަކްޕޯ ޖެހި ލަނޑުތަކާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސްއަށް ޖުމްލަ ފަސް ލަނޑު ހަމަކޮށް، ނެދަލޭންޑްގެ ލެޖެންޑް ރޮބިން ފަން ޕާސީއާއެކު އެ ގައުމަށް ވޯލްޑް ކަޕްގެ ގްރޫޕް މަރުހަލާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައެވެ. މެޗްގައި ނެދަލޭންޑުގެ ފަހުލަނޑު އެޓީމަށް ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި  ކްރިސެންސިއޯ ސަމަވިލް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...