އިންޑިއާއާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ އެފްއޭއެމް
އިންޑިއާއާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ އެފްއޭއެމް
ކުޅިވަރު 13 Jan 2026 | 10:20

ރާއްޖެ ކޮޅަށް 11 ލަނޑުޖަހާ ފުރަތަމަ މެޗުގައި އިންޑިއާއިން ރާއްޖެ ބަލިކޮށްފި

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)އިން އަލަށް ފެށި ސައުތު އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެން މުބާރާތުގައި އިންޑިއާއިން ރާއްޖެ ޓީމު ބަލިކޮށްފިއެވެ.

މި މެޗުގައި އިންޑިއާއިން ވަނީ ރާއްޖެ ކޮޅަށް 11 ލަނޑު ޖަހާފައެވެ.

މި މެޗަކީ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ކުޅުނު ބައިނަލްއަޤުވާމީ ފުރަތަމަ މެޗެވެ. އަދި މިއީ މި މުބާރާތުގައި ވެސް ކުޅުނު ފުރަތަމަ މެޗެވެ.

އިންޑިއާ ޓީމަކީ ދުނިޔޭގެ ފުޓްސަލް ރޭންކިންގެ 86 ވަނައިގައި އޮތް ޓީމެވެ. ނަމަވެސް ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު އަދި މިހާތަނަށް މި ލިސްޓުގައި ރޭންކުކުރެވިފައެއް ނުވެއެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ރާއްޖެ ޓީމުގެ މަރްޔަމް ނޫރާ ވަނީ އިންޑިއާ ކޮޅަށް މޮޅު ލަނޑެއް ޖަހައިދިފައެވެ. ދެވަނަ ހާފުގައި ލިބުނު ކޯނަރަކުން އޭނާ ފޮނުވާލި މި ކޯނަރު ބޯޅަ ކީޕަރަށް ދިފާއުނުކުރެވުމުގެ ސަބަބުން ކާމިޔާބުވި މި ގޯލަކި ތާރީހީ ގޯލެެކެވެ.

ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

މުބާާރާތުގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ ދެވަނަ މެޗުގައި ޖަނަވަރީ 15 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...