ފިހާރައިން ބާގާ ސޯސް ނުގަނެ މިގޮތަށް ސޯސް ހަދައިގެން ބޭނުން ކޮށްލަބަލަ! މާ މީރުވާނެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބާގާ އަކީ ރޯދަ ވީއްލާ ގަޑީގައި ކެއުމަށް ބައެއް ކުދިންނާއި މީހުން ވަރަށް ފޯރި ހުންނަ އެއްޗެކެވެ. ގިނަ މީހުން އޭގެ ސޯހަކަށް އާއްމުކޮށް ބޭނުން ކުރަނީ ފިހާރައިން ގަންނަ ސޯހެވެ. ނަމަވެސް ގޭގައިވެސް ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފިހާރައިން ގަންނަން ހުންނަ ސޯހަށްވުރެ މީރު ބާގާ ސޯސް ތައްޔާރު ކޮށްލެވިދާނެ އެވެ. މިއޮތީ އެފަދަ ސޯހެއްގެ ރެސިޕީއެވެ.
ބޭނުންވާ ތަކެތި
4 މޭޒުމަތީ ސަމުސާ މަޔޮނައިސް
4 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް
2 މޭޒުމަތީ ސަމުސާ ފްރައިޑް ޗިކަން ސޯސް
1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް
1 ސައި ސަމުސާ ލޮނުމެދު ޕޭސްޓް/ޕައުޑަރ
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
ކުޑަ އަސޭމިރުސްކޮޅެއް
ތައްޔާރުކުރާނެގޮތް
ހުރިހާ ތަކެތި ތައްޓަކަށް އެޅުމަށްފަހު 5 މިނިޓް ވަންދެން ރަނގަޅަށް މިކްސް ކޮށްލާށެވެ. ބާގަރ ސޯސް އެހުރީ ތައްޔާރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް