N/A
N/A
ރިޕޯޓް 26 Jul 2024 | 05:13

ބަލްކް ޕްރޮކިޔުމަންޓް އުސޫލުން ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް؛ އާސަންދައަށް ބޮޑު ލުޔެއް

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ރާއްޖޭގެ ސަބްސިޑީ ނިޒާމު ހަރުދަނާކުރުމަކީ ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން ދެމުން އައިސްފައިވާ އެންމެ މުހިންމު އެއް އިރުޝާދެވެ. އާސަންދައިގެ ނަމުގައި ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ކަންކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ ހަރަދުތަކުގެ ތެރޭގައި އިސްރާފު ގިނަވެ 2023 ވަނަ އަހަރުގެ ތެރޭގައި އާސަންދައަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ 118 އިންސައްތަ އިތުރަށް ހަރަދުކޮށްފައިވެއެވެ.

ހަރަދުކުރުމަށް ބަޖެޓުކުރީ 1045 މިލިއަން ކަމަށްވާއިރު އެ އަހަރުގެ ތެރޭގައި 2286 މިލިއަން މިކަމަށް ހޭދަވެފައިވެއެވެ. މި އަދަދުތަކުން ސިފަވަނީ ސިއްހީ ކާރިސާއެއް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރިމަތިވި ފަދަ މަންޒަރެއްކަމަށްވާއިރު، 2018 އިން ފެށިގެން 2024 ގެ ނިޔަލަށްވެސް ކޮންމެ އަހަރެއްގައިވެސް ބަޖެޓަށްވުރެ އެތައް އިންސައްތައެއް މަތިން އާސަންދައިގެ ހިދުމަތަށް ހަރަދުކޮށްފައިވާކަން ފެންނަން އޮތުމުން އެހެން މައްސަލަތަކެއް އުޅޭކަން ސާފުވެއެވެ. 2018ގައި 112 އިންސައްތަ އިތުރަށް ހަރަދުކޮށްފައިވާއިރު 2019ގައި 31 އިންސައްތަ އިތުރަށް ހޭދަކޮށްފައިވެއެވެ. 2021 ވަނަ އަހަރުގެ ތެރޭގައި އާސަންދަ ބަޖެޓަށްވުރެ 117 އިންސައްތަ އިތުރަށް ހޭދަކޮށްފައިވެއެވެ.

އެތައް ފައިސާއެއް ބޭކާރުވެގެންދާ ވާހަކަތައް އަޑުއިވެމުންދާތާ އަހަރުތަކެއްވެފައިވާއިރު، މިކަންކަން ހައްލުވެފައިނުވަނީ ރާއްޖޭގައި އޮންނަ މެޑިކަލް މާފިއާއެއްގެ ސަބަބުންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ސިއްހީ ދާއިރާގެ ތަފާސް ހިސާބުތަކަށް ބަލާލުމުން އެ ދެކެވޭ ވާހަކަތަކުގެ ފަހަތުގައި ހަގީގަތްތަކެއްވާކަމުގެ ކުލަ ޖެހިގެންދެއެވެ. މީގެ ކުރިން ރާއްޖޭގެ ރައްޔިތުންގެ އަތުން ދުޅަހެޔޮ ސިއްހަތެއްގެ އުންމީދުގެ ބަދަލުގައި ބޮޑު އަގެއް ނަގަމުން އައިސްފައިވާކަން ސާފުކޮށް ފެނެއެވެ. ބޭހުގެ އަގުތައް ހުރީ މާކެޓު އަގަށްވުރެ އެތައް އިންސައްތައެއް މަތީގައެވެ. ބައެއް ބޭސްތައް ވިއްކަމުން އައިސްފައިވަނީ އެތައް ހާސް އިންސައްތައެއްގެ ފައިދާ ލައިގެންނެވެ.

މިކަން އިސްލާހުކުރުމަށް ވޭތުވެދިޔަ އަހަރުތަކުގެ މަތިން ބައިނަލްއަގުވާމީ މުއައްސަސާތަކުން އެތައް ލަފާއެއް ދީފައިވާއިރު ހައްލުނުކުރެވިފައިވާ މި މައްސަލަ ނިމުމަކަށް ގެނައުމަށް އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒުވެސްވަނީ ވައުދުވެވަޑައިގެންފައެވެ. މިހާރު ސަރުކާރުންވަނީ އެ ވައުދާއި އެއްގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތްތައް ފައްޓާފައެވެ. އެގޮތުން ރާއްޖޭގައި ބައިނަލްއަގުވާމީ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ލިބެން ނެތްކަމަށްވުމުން އެ މައްސަލައަށް ޝިފާއެއް ހޯދައިދިނުމުގެ އިތުރުން ޔޫރަޕުގެ ގައުމުތަކުން ލިބޭ ފެންވަރުގެ ބޭސް ރާއްޖެއިން ލިބިގެންދާނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުންވަނީ މިސްރާބު ޖަހާފައެވެ.

މި މަސައްކަތްތައް އެކި މަރުހަލާއަށް ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ ފިޔަވަހީގައިވެސް އައު ލިސްޓުގެ ދަށުން 7 ބޭހެއް ދޫކުރުމަށް ނިންމާފައިވެއެވެ. އަދި އިތުރު ބޭސްތަކެއްވެސް މި މަސައްކަތްތަކުގެ ތެެރެއިން މި އަހަރު އެސްޓީއޯ ފާމަސީއިން ލިބެން ހުންނާނެކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާއިރު އެހެނިހެން ފާމަސީތަަކަށްވެސް އެސްޓީއޯއިން ގަތުމަށްފަހު ރީޓެއިލް ކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އެހެންކަމުން މިކަމުގެ ސަބަބުން ބޮޑެތި ކިއުތަކެއް އުފެދިގެން ނުދާނެއެވެ.

އެގޮތުން އާސަންދައިގެ އަސާސީ އަގު ކަނޑައަޅާފައިވަނީ ރީޓެއިލްގެ ގޮތުގައި ފައިދާ ލެވޭ މިންގަނޑެއްގައިކަމަށްވުމުން އެހެނިހެން ބޭސް ފިހަރާތަކަށް އެސްޓީއޯއިން ގަނެ ވިއްކުމުގައި ހުރަހެއް ނެތްކަމަށާއި އެހެންނަމަވެސް މީގެ ކުރިން ލާފައިވާ ފަދަ ގޮތަަށް ބޮޑެތި ފައިދާތައް ނުނެގޭނެކަމަށް މައުލޫމާތު ދީފައިވެއެވެ. މީގެ ކުރިން ހުރި އަގަށްވުރެ ބޮޑުތަނުން ހެޔޮކޮށް ބޭސް ފޯރުކޮށްދީ މާލީ ބޮޑެތި ލުއިތަކެއް ލިއްބައިދިނުމަށް ކާމިޔާބުވެފައިވަނީ ބަލްކް ޕްރޮކިއަރމެންޓް އުސޫލުން ރާއްޖެއަށް ބޭނުންވާ ބޭސް ހޯދަން ފެށުމާއިއެކުއެވެ.

ބަލްކް ޕްރޮކިއަރމެންޓް އުސޫލު ތަންފީޒުކުރަން ފެށުމުގެ ކުރިން، ޑައިބީޓީސް ނުވަތަ ހަކުރުބަލި ހުންނަ ބައެއް ޕޭޝަންޓުންނަށް ކޮންމެހެންވެސް ބޭނުންވާ އިންޖެކްޝަންތަކެއް ކަމަށްވާ އިންސުލިން އެސްޕާޓު ޕެން ވިއްކަން ހުރީ 366 އިންސައްތައިގެ ފައިދާއަކާއިއެކު 316.20 ރުފިޔާއަށް ކަމަށްވާއިރު ގެނެވިގެންދާ ބަދަލާއިއެކު 86.35 ރުފިޔާއަށް ބޭސް ޕްރައިސް ތިރިވެގެންދާކަމަށް މައުލޫމާތު ދީފައިވެއެވެ. އެންޓިބަޔޯޓިކް ބޭހެއްކަމަށްވާ މެރޯޕެނެމް މީގެ ކުރިން ވިއްކަމުން އައިސްފައިވަނީ 4271 އިންސައްތައިގެ ފައިދާއެއް ލައިގެން 428.40 ރުފިޔާއަށް ކަމަށްވާއިރު ރައީސް ޑރ މުއިއްޒު ގެނެސްދެއްވި މި މުހިންމު އިސްލާހާއިއެކު މިހާރު ބޭސް ޕްރައިސް ވާނީ 10.03 ރުފިޔާއަށް ކުޑަކުރެވިފައެެވެ. މި ބޭހަށް އެކަނި ދައުލަތުންވަނީ 2023 ވަނަ އަހަރުގެ ތެރޭގައި 2،991،089 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އައު ބަދަލާއިއެކު 2،921،068 ރުފިޔާ އަހަރެއްގެ މައްޗަށް ސަލާމަތް ވެއެވެ. މިއީ އެންމެ ބޭހަކުން ސަލާމަތްވާ ހަރަދުކަމަށްވުމުން ކޮންމެ އަހަރަކު ދައުލަތުން އާސަންދައަށް ކުރަމުންދާ ހަރަދުން ބޮޑު އެއްޗެއް ކެނޑިގެންދާނެއެވެ.

ބަލްކް ޕްރޮކިއަރމެންޓު އުސޫލުން އެންމެ ފުރަތަމަ ސްޓޭކް ހޯލްޑަރުންނަށް ޖެހޭނީ މަޝްވަރާކޮށްގެން ބޭސް ލިސްޓު ކަނޑައަޅަންށެވެ. އެއަށްފަހު ފައިނަލައިޒް ކުރާ ލިސްޓު ސަރުކާރުން ޑަބްލިއުއެޗްއޯ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރާނެއިރު އުފައްދާ ފަރާތްތަކަށް އޯޑަރު ދޭނީ މި މަރުހަލާ ކަޑައްތުކޮށް ކޮލެޓީ ކަށަވަރުކުރެވުމަށް ފަހުއެވެ. ދެން ރާއްޖެއާއި ހިސާބަށް ގެނެސް އެސްޓީއޯގައި ގުދަން ކުރުމުން އެފްއެފްޑީއޭއިން އަނެއްކާވެސް އެތަކެތީގެ ރައްކައުތެރިކަން ކަށަވަރުކޮށް ކޮލިޓީ ބެލުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. މަޝްވަރާތަކަށްފަހު އަގު ކަނޑައެޅި އެސްޓީއޯއިން ބޭސް ދޫކުރަން ފެށުމާއިއެކު ރީޓެއިލްގެ އިތުރުން ހޯލް ސޭލްއަށްވެސް ލިބޭނެއެވެ. މިއީ ބޭސްތަކުގެ ފެންވަރު ކަށަވަރުކޮށް ދެމެހެއްޓުމުގެ ގޮތުން ކަނޑައަޅާފައިވާ ސިޔާސަތެކެވެ.

މީގެ ކުރިންވެސް ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެމްއެފްޑީއޭއިން ކުރާއިރު، އެއީ އެންމެ ފައިދާ ވަނިވި ފަދަ ބޭސްތަކެއް ކަން ކަށަވަރުކުރުމަށް ހުރިހާ އިންތިޒާމުތަކެއް ކުރެވިފައި ނެތްކަން ފާހަގަކުރެއެވެ. އެގޮތުން ފިހާރަތަކަށް ބޭސް ގަންނަމުން އައިސްފައިވަނީ އުފައްދާ ފަރާތްތައް އަތުން ނޫންކަމަށްވުމުން ކޮލިޓީ ކަށަވަރުކުރުމުގައި މައްސަލަތައް ހުރެއެވެ.

އެހެންނަމަވެސް ސަރުކާރުގެ ސިއްހީ މި ސިޔާސަތު ތަންފީޒުކޮށް ނިމުމުން ޑަބްލިއުއެޗްއޯއިން އަސާސީ ބޭސްކަމަށް ކަނޑައަޅާފައިވާ ހުރިހާ ތަކެއްޗެއް ރާއްޖެއިންވެސް ލިބެން ހުންނާނެކަމަށްވުމުން، ކޮލިޓީ ކަށަވަރުކުރެވުމުގެ އިތުރުން ބޭހުގެ ވިޔަފާރި ބޭނުމުގައި ޑޮލަރު ހޯދުމަށް އޮންނަ ޑިމާންޑު ދަށްވެ ކަޅުބާޒާރަށް ލޮޅުންތަކެއް އަރައިގެންދާއިރު، ބޭހާއިއެކު ދެވޭ ފަރުވާގެ ކޮލިޓީ ރަނގަޅުވެ، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންށާއި ބޭސް ހޯދުމުގެ ބޭނުމުގައި ކުރާ ދަތުރުތައް މަދުވުމަށް ދިމާވުމުންވެސް އެކަށީގެންވެއެވެ.

އައު ސިޔާސަތުގެ ދަށުން ހާއްސަ ހާލަތްތަކަށްވެސް ރިއާޔަތްކުރެވިގެންދާނެއެވެ. އެގޮތުން ކަނޑައެޅި ލިސްޓުކުރެވިގެންދާ ބްރޭންޑެއް ނޫން އެހެން ބްރޭންޑެއް ޑޮކްޓަރު ލިޔެފައިވާނަމަ، ސަބަބު ބަޔާންކޮށްލުމުން އެ ބްރޭންޑުވެސް އާސަންދައިގެ ދަށުން ލިބުމުގެ މަގު ފަހިވެގެންދާނެކަން ފާހަގަކުރެވެއެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

އާސަންދައިގެ ބަޖެޓުން 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ފާމަސީތަކަށް
22 Jul 2026 ހަބަރު

އާސަންދައިގެ ބަޖެޓުން 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ފާމަސީތަކަށް

މިދިޔަ އަހަރު އާސަންދަ ސްކީމުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގ...

އާސަންދައިގެ ކައުންޓަރުތައް އިތުރު 8 ރަށެއްގައި ގާއިމްކޮށްފި
16 Jul 2026 ހަބަރު

އާސަންދައިގެ ކައުންޓަރުތައް އިތުރު 8 ރަށެއްގައި ގާއިމްކޮށްފި

އާސަންދައިން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އިތުރު ރަށްތަކެއްގައި އާސަންދައިގެ ކައުންޓަރުތައް ހުޅުވައިފިއެވެ. މިކަމާ ގުޅިގެން އާސަންދައިން ބުނީ، ރައްޔިތުންނަށް އާސަންދައިގެ ހިދުމަތް ފޯ...

އަމްރިތާ ހޮސްޕިޓަލާއެކު އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: އާސަންދަ
14 Jul 2026 ހަބަރު

އަމްރިތާ ހޮސްޕިޓަލާއެކު އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: އާސަންދަ

އިންޑިއާގެ އަމްރީތާ ހޮސްޕިޓަލާއެކު އާސަންދައިން ގާއިމްކޮށްފައި އޮތް އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. އަމްރިތާ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ...

އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ: ޤީލާ
08 Jul 2026 ހަބަރު

އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ: ޤީލާ

2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ...

ރާއްޖެއިން ލިބޭ ފަރުވާތަކަށް ބޭރަށް ދާން އާސަންދަ ދޭނެ އުސޫލެެއް
02 Jun 2026 ހަބަރު

ރާއްޖެއިން ލިބޭ ފަރުވާތަކަށް ބޭރަށް ދާން އާސަންދަ ދޭނެ އުސޫލެެއް

ރާއްޖެއިން ފަރުވާ ލިބުނު ނަމަވެސް ފަރުވާއަށް ބޭރަށް ދާން އާސަންދަ ދެވޭނެ އުސޫލެއް ހަމަޖައްސައިފި އެވެ. އެގޮތުން ބަލީގެ ބާވަތަށާއި ބަލި މިހާގެ ޙާލަތާއި ރާއްޖޭގައި ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތި...

އެންސްޕާއިން ދެމުންދާ ބައެއް ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް
31 May 2026 ހަބަރު

އެންސްޕާއިން ދެމުންދާ ބައެއް ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށް ގެންދާ "މެޑިކަލް ވެލްފެއާ ސްކީމް" ގެ ދަށުން ދެމުންގެންދާ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފި އެވެ. އެގޮތުން މާދަމާއިން ފ...