ސެނެގާލް ތަށި އުފުލާލަނީ..
ސެނެގާލް ތަށި އުފުލާލަނީ..
ކުޅިވަރު 18 Mar 2026 | 07:02

ސެނެގާލް އަތުން ޗެމްޕިއަންކަން ނަގައި އެފްރިކާ ތަށި އެންމެފަހުން މޮރޮކޯއަށް

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި ޗެމްޕިއަން ސެނެގާލް އަތުން ނެގުމަށްފަހު ރަނަރަޕް މޮރޮކޯއަށް ދީފިއެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު ކުޅުނު އެފްކޮން މުބާރާތުގެ ފައިނަލް މެޗް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ސެނެގާލްގެ ޓީމެވެ. ނަމަވެސް މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިން މައްސަލާގައި ސެނެގާލްގެ ކުޅުންތެރިން ވަނީ މެޗް ފުރިހަމަ ނުކޮށް ދަނޑުން ފައިބާފައެވެ.

މި މައްސަލަ ބެލުމަށްފަހު އެފްރިކާގެ ފުޓްބޯޅަ އާ ބެހޭ އިދާރާގެ އެޕީލް ބޯޑުން ވަނީ މައްސަލަ ބެލުމަށްފަހު މެޗްގެ ނަތީޖާ ބާތިލްކޮށް، ސެނެގާލުން މެޗު ދޫކޮށްލި ކަމަށް ބަލައި، 3-0 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވި ކަމަށް ކަނޑައަޅާފައެވެ.

މައްސަލަ ބެލި އެޕީލް ބޯޑުން ބުނެފައިވަނީ، ސެނެގާލްގެ ޓީމުން އަމަލުކޮށްފައިވަނީ މުބާރާތުގެ ގަވާއިދުގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެ މާއްދާގައި ބުނާ ގޮތުން، ރެފްރީގެ ހުއްދަނެތި މެޗުގެ ވަގުތު ހަމަވުމުގެ ކުރިން ޓީމަކުން ކުޅުން ހުއްޓާލައިފިނަމަ، އެ ޓީމެއް ބަލިވީ ކަމަށް ބަލައި މުބާރާތުން ވަކިކުރެވޭނެއެވެ. އަދި 84 ވަނަ މާއްދާގެ ދަށުން، އެފަދަ ހާލަތްތަކުގައި އިދިކޮޅު ޓީމު 3-0 އިން މޮޅުވި ކަމަށް ނިންމަންޖެހެއެވެ.

މި ނިންމުމާ ގުޅިގެން ސެނެގާލްގެ ފުޓްބޯޅަ އާ ބެހޭ އިދާރާއިން ވަނީ އެއީ ވަރަށް ބޭއިންސާފް ނިންމުމެއްކަމަށް ފާހަގަކޮށް، ކޯޓް އޮފް އާބިޓްރޭޝަން ފޯސްޕޯޓް (ސީ.އޭ.އެސް) އަށް ހުށަހަޅާނޭކަމަށް ބުނެފައެވެ.

މި މައްސަލާގައި މޮރޮކޯގެ ފުޓްބޯލައާ ބެހޭ އިދާރާއިން ބުނީ މެޗްގެ މައްސަލަ ހުށަހެޅީ ގަވާއިދުން ބޭރުން ކަންތައްތަކެއް ހިނގާފައިވާތީ އެކަންކަން ޤަބޫލު ނުކުރެވޭތީކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.