ލެޖެންޑަރީ ގޯލްކީޕަރު އިމްރާންގެ ބައެއް އައިކޮނިކް މަންޒަރު
ލެޖެންޑަރީ ގޯލްކީޕަރު އިމްރާންގެ ބައެއް އައިކޮނިކް މަންޒަރު
ރިޕޯޓް 20 May 2025 | 09:50

އިމްރާނުގެ އެ ވާހަކައަކީ، ކުޅިވަރު ކުޅުންތެރިންގެ މުސްތަޤްބަލާ ގުޅިފައިވާ ޝުއޫރެއް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މީގެ ދެ އަހަރެއްހާ ދުވަސްކުރިން ރާއްޖޭގެ އެއްވަނަ ފޯވަޑް އަލީ ޝިހާމް (ހުރާ އައްޔަ) އާއެކު ކޮފީއެއްގައި ފުޓްބޯޅަ ވާހަކަދައްކަން ހުއްޓައި ކުއްލިއަކަށް ފޯނަށް ނޮޓިފިކޭޝަނެއް އައިސްގެން ފޯނު ބަލާލީމެވެ. އަވައްޓެރި ސްރީލަންކާގެ މަޝްރަހުން އައި ހަބަރެކެވެ. އިއްތިފާގަކުންނަމަވެސް ދިމާވީ އެވަގުތު ހުރާ އައްޔަ އާއެކު ދައްކަން އިން ވާހަކައާ ވަރަށް ގުޅުންހުރި ހަބަރަކަށެވެ. ސްރީލަންކާގެ ކްރިކެޓް ބޯޑުން އެޤައުމުގެ ލެޖެންޑަރީ ކްރިކެޓް ކުޅުންތެރިޔާ ޕާސީ އަބޭސެކެރާއަށް 5 މިލިއަން ރުޕީސް ހަދިޔާކުރި ހަބަރެވެ. އެއީ އޭނާގެ ސިއްހީ ކަންކަމަށް ހަރަދުކުރުމުގެ އިތުރުން ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ސްރީލަންކާ ކްރިކެޓުން ހަދިޔާކުރި ފައިސާއެވެ.

ފޯނުން އެ ހަބަރުގެ ފޮޓޯ އައްޔައަށް ދައްކާލަމުން ބުނީމެވެ. އަހަރެމެން ޤައުމުގައި ކުޅިވަރު ލެޖެންޑުންނަކީ ބައެއް ނޫންދޯއެވެ. "ހަމަ ރަނގަޅަށް ތި ބުނީ" އައްޔަ ވަގުތުން ބުންޏެވެ.

ސްރީލަންކާ ކްރިކެޓުން އަބޭސެކެރާއަށް 5 މިލިއަން ރުޕީސް ހަދިޔާކުރުން.. ފޮޓޯ'؛ ލަންކާ ކްރިކެޓް

އައްޔައަކީވެސް ޤައުމީ ޓީމުގައި ހޭދަކުރިއިރު، އަނިޔާގެ އެތައް މައްސަލަތަކެއް ދިމާވެފައި ހުރި ކުޅުންތެރިއެކެވެ. ހުރާ އައްޔައާއެކު އެދުވަހު ދެއްކި ވާހަކަތައް އަނެއްކާވެސް މިއަދު ފަށްވީއެވެ. ރާއްޖޭގެ ޤައުމީޓީމުގެ ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު ފޭސްބުކްގައި ކުރި ޕޯސްޓަކުންނެވެ. ފަހަރެއްގައި އިމްރާނުގެ އެ ޕޯސްޓް އައީ އިއްޔެ ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ދެކެވިގެންއައި ވާހަކަތަކުން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

އިމްރާނުގެ ޕޯސްޓްގައި ފާހަގަކޮށްފައިވަނީ އާދައިގެ ކަމެއްނޫނެވެ. އުމުރުގެ މިހާތަނަށް އާއިރު ބޮޑުބައި ހޭދަކުރީ ޤައުމީ ޓީމުގެ ކީޕަރެއްގެ ގޮތުގައެވެ.

"ޤައުމީ ޓީމުގައި ހޭދަކުރި 20 އަހަރުދުވަހުގެ ތެރޭގައި 110 މެޗު ކުޅެ ،އެތަކެއް އަނިޔާއެއްވެ، އާއިލީ އެތައް މުހިއްމު އަދި ހާއްސަ ވަގުތުތަކެއް ޤުރުބާންކޮށް ޤައުމަށް އެތަކެއް ކާމިޔާބީއެއް ހޯދަދީފައި ، ކެރިއަރު ނިންމާލުމަށްފަހު މިއަދު އިށީނދެލައިގެން އިނދެ ރަނގަޅަށް ވިސްނާލާއިރު ހިތަށް މި އަރަނީ އަސްލު މި ކުރެވުނީ ރަނގަޅު ކަމެއްބާ؟ މިހާރު ހިތަށް އެބަ އަރާ މިކަން ނުކޮށް 20 އަހަރު ވަޒީފާއަކަށް ދެވުނުނަމަ ހަމަ ގައިމުވެސްެ އެއްމެ ކުޑަމިނުން ޕެންޝަން ވެސް ލައްވާލާނެތާ"

ލެޖެންޑަރީ ގޯލްކީޕަރު އިމްރާނަށް މީގެ ކުރިން ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމުގައި... ފޮޓޯ؛ އިމްރާން ފޭސްބުކް

މިއީ މިއަދު އިމްރާން ކުރި ޕޯސްޓްގައި އެންމެ ގިނަބަޔަކު ސަމާލުކަން ލިބުނު ދެ ޖުމްލައެވެ. އިމްރާން ވަނީ އޭނާގެ ސުވާލު ކުރިމަތިކުރަންޖެހުނު ސަބަބުވެސް އޭނާގެ ތަޖުރިބާގެ އަލީގައި ސާފުކޮށްދީފައެވެ.

އިމްރާނު ބުނީ ކުޅިވަރުގައި ރަނގަޅު ނަތީޖާތަކެއްނެރޭނެ ހުނަރުވެރި އެތްލީޓުން ދިގު މުއްދަތެއްގައި ޤައުމީޓީމްތަކުގައި ދެމި ތިބޭނީ އެކަން ކޮއްގެން އޭނާގެ ދިރިއުޅުމަށް މުސްތަޤްބަލުގައި ފައިދާއެއްވާނެނަމައެވެ. ހިތާމައަކީ ހުނަރުވެރި އެތައް ކުޅުންތެރިންނެއްގެ ހިދުމަތް މިސަބަބާ ހެދި ޤައުމީޓީމްތަކަށް ނުލިބި ދާކަން ކަމަށާއި، މިކަމަކީ ކުޅިވަރު އެސޯޝިއޭޝަންތަކާއި، ކުޅިވަރާބެހޭ މިނިސްޓްރީ އަދި ކުޅިވަރާ ގުޅުންހުރި އެއްމެހާ ފަރާތްތަކުން ވިސްނާލުން މުހިއްމު ކަމެއްގެ ގޮތުގައި ދެކޭކަމަށް އިމްރާންގެ ޕޯސްޓްގައި ވަނީ ބުނެފައެވެ. އަދި މިހާތަނަށް ފެނިގެންދިޔައީ މިފަދަ ކަންކަމުގައި ފޮނި ހުވަފެންތަކެއް ކަމަށާއި އެ ހުވަފެންތަކުގައި ކުލަޖެހުނު ތަނެއް އެތްލީޓުންނަކަށް އަދި ނުފެންނަކަންވެސް އިމްރާން ވަނީ ފާހަގަކޮށްފައެވެ. އިމްރާނުގެ ޕޯސްޓް ނިންމާލަމުން ވަނީ އަވަސް މުސްތަޤްބަލެއްގައި މިކަމުގެ ހަގީގީ ކުލަ ޖެހިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިމްރާންގެ އެ ޕޯސްަޓް ކުޅިވަރުގެ މައިދާނުގައި ފެނިގެންދިޔަ ސަހްސިއްޔަތުންނާއި އެހާރާމިހާރުގެ ގިނަ އަދަދެއްގެ ކުޅުންތެރިންވަނީ ޝެއާކޮށްފައެވެ. އިމްރާނުގެ ޕޯސްޓް ޝެއާކުރި ބައެއް ކުޅުންތެރިންވަނީ އެކަމަކީ، ކުޅިވަރު ކުޅުންތެރިންގެ ތެރޭގައި އޮތް ޝަކުވާއެއްކަން ފާހަގަކޮށް އެމީހުންގެ ޝުއޫރުތައްވެސް ބަންޑުންކޮށްލާފައެވެ.

ވޮލީ ކުޅުންތެރިޔާ ޝައުފާ އެފްބީގައި ކުރި ޕޯސްޓް

ތެދެކެވެ. އަހަރެމެންގެ ޤައުމުގައި ޤައުމީ ކުޅުންްްްތެރިންނަށް އެމީހުން ޤައުމީި ޓީމުގައި ހޭދަކުރާ ދުަވަސްތަކުގައި ދެވޭ އިނާޔަތެއް ފިޔަވައި އިތުރު އިނާޔަތެއް ނޯވެއެވެ. ޤައުމީޓީމަށް ކުޅެނިކޮށް އަނިޔާއެއްވިނަމަވެސް ދާއިމީކޮށް ފަރުވާކުރަންޖެހޭ ކަންކަމުގައި އެހެންވެސް ރައްޔިތުންނަށް ލިބޭ އިނާޔަތް ފިޔަވައި އިތުރު އިނާޔަތެއް ނުލިބެއެވެ.

ކުޅިވަރުކުޅުމުގައި ލިބޭ އަނިޔާތަކަކީ ބައެއް ފަހަރު މީހާގެ އުމުރުގައިވެސް އެކަމުގެ ވޭންތައް ތަޖުރިބާކުރަންޖެހޭ ކަންކަމެވެ. ކުޅިވަރުގެ ޤާނޫނަށް އައި ބަދަލާއެކު ކުޅިވަރު ކުޅުންތެރިން މިއަދުކުރާ އުއްމީދަކީ، މިކަމަށް އުއްމީދީ ބަދަލެއް އައުމެވެ. އެހެންނޫނީ މީގެ 20 އަހަރުފަހުންވެސް ޝެއާކުރަންޖެހޭނީ ލެެޖެންޑަރީ ކީޕަރު، އިމްރާން މުހައްމަދު ފޭސްބުކްގައި ކުރި ޕޯސްޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...