މުޒާހަރާތަކާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ޝަރުމާ އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ނޭޕާލްގައި ޖެންޒީން ކުރަމުންގެންދާ މުޒާހަރާތަކާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ބޮޑުވަޒީރު އިސްތިއުފާދެއްވާފައިމިވަނީ މުޒާހަރާތައް ހޫނުވެ، ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިއުމުންނެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ކަތަމަންޑޫގެ ހާލަތު މިހާރު އޮތީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައެވެ. އެގޮތުން ޖެންޒީ ގްރާޕްތަކުން ދަނީ ވަޒީރުންގެ ގެކޮޅުގައި ހުޅުޖަހަމުންނެވެ.
މިގޮތުން މުޒާހަރާގައި އިސްކޮށް އުޅޭ ޖެންޒީ ގޭންގުތަކުން ވަނީ ބޮޑުވަޒީރުގެ ގެކޮޅުގައި ހުޅުޖަހާފއިވާއިރު، މާލީ ވަޒީރު ދިރިއުޅުއްވާ ގެކޮޅުގައިވެސް ރޯކޮށްލާފައިވާކަަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާއި އަދި ވެރިކަމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެއްޖެކަމަށްބުނެ ނޭޕާލްގައި ކުރިއަށްގެންދާ މުޒާހަރާގައި އިސްކޮށްތިބީ ޒުވާނުންނެވެ. ހާއްސަ ގޮތެއްގައި މި މުޒާހަރާގައި ނަގާކިޔަންތިބީ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް