އެއާ އިންޑިއާ-- ފޮޓޯ: އަލަމީ ސްޓޮކް ފޮޓޯ
އެއާ އިންޑިއާ-- ފޮޓޯ: އަލަމީ ސްޓޮކް ފޮޓޯ
ދުނިޔެ 29 Jan 2025 | 05:02

5 އަހަރަށް ފަހު އިންޑިއާއާއި ޗައިނާ އާއި ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށަނީ

5 އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޑިއާއާއި ޗައިނާ އާއި ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.

ޗައިނާގެ ބެއިޖިންގައި އިންޑިއާގެ ޑިޕްލޮމެޓެއްކަމަށްވާ ވިކްރާމް މިސްރީ އާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔި އާއި ދެމެދު ކުރިއަށްދިޔަ ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ މި ދަތުރުފަތުރާއި ގުޅޭ އޮނިގަނޑާއި މެދު ދެފަރާތުންވެސް މަޝްވަރާކޮށް ވީހާވެސް އަވަސް ތާރީހެއްގައި ދެގައުމުގެ ދެމެދުގައި ދަތުރުތައް ފެށުމަށް ނިންމާފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، އިގްތިޞާދީ ގޮތުން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާ އާއި ޗައިނާއަށް ވަނީ އެކގައި މަސައްކަތް ކުރަން ޖެހިފައެވެ. ޗައިނާގެ ތަކެއްޗަށް ޓެކްސް ތައާރަފް ކުރާނެކަމަށް ޓްރަމްޕް އިންޒާރުދީފައިވާއިރު، އިންޑިއާ އަކީ ޗައިނާގެ އެންމެ ބޮޑު އެއް މާކެޓެވެ.

މިކަމާއި ގުޅިގެން ދެގައުމުން ވެސް ވަނީ ދެފަރާތަށް ވެސް ފައިދާވަނިވި ގޮތަކަށް އިގްތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ނިންމާފައެވެ.

ދެގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވަނީ 2020 ވަނަ އަހަރު ޗައިނާގެ ސިފައިންނާއި އިންޑިއާގެ ސިފައިންނާއި ދެމެދު އެގައުމުގެ ބޯޑަރުގައި ހިންގާދިޔަ ނުރައްކާތެރި ކްލޭޝްއަށްފަހުއެވެ. މި ކްލޭޝްގައި ޗައިނާގެ 4 ސިފައިންނާއި އިންޑިއާގެ 20 ސިފައިން ވަނީ މަރުވެފައެވެ.

މިއާއިއެކު، އިންޑިއާގައި ޗައިނާގެ ކުންފުނިތައް އިންވެސްޓް ކުރުމަށް ދަތިކޮށްފައިވާއިރު، ޗައިނާގެ އެޕްތައް ބޭން ކުރުމާއި ކާގޯ ފްލައިޓް ތައް ފިޔަވާ ހުރިހާ ފްލައިޓްތަކެއް ވަނީ ހުއްޓާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...