ޖަރުމަނުވިލާތާއި ގްރީސް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ޒިންހުއާ
ޖަރުމަނުވިލާތާއި ގްރީސް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ޒިންހުއާ
ކުޅިވަރު 28 Sep 2026 | 06:33

ގްރީސް އަތުން ޖަރުމަނު ބަލިވެއްޖެ

ޔުއެފާ ނޭޝަންސްލީގް އޭ ދެވަނަ ގްރޫޕްގައި ރޭ ޖަރުމަނުވިލާތާއި ގްރީސް ބައްދަލުކުރިމެޗް ކުރިން ހީކުރިގޮތާ ހިލާފަށް ގްރީސް ކާމިޔާބުކޮށްފިއެވެ.

ޖަރުމަނުގައި ކުޚުނު މިމެޗް ގްރީސް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަާފައިވަނީ 74 ވަނަ މިނެޓްގެ ތެރޭގައި ޑިމިޓްރިއޯސް ކޯބެލިސް އެވެ.

މެޗްގައި ޖަރުމަނުވިލާތަށް ލަނޑެއް ނުޖެހުނުނަމަވެސް އެޓީމަށް ވަނީ ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ. މެޗްގެ ފުރަތަމަހާފްގެ 25 ވަނަ މިނެޓުގައި ޖަރުމަނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ކެވިން ޝޭޑް ފޮނުވާލި ނުރައްކާތެރި ހުރަސް ޔޫނުސް އެބްނޫތާލިބަށް ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ. މެޗް ޖަރުމަނުން ކޮންޓްރޯލް ކުރިއިރު ދެވަނަ ހާފްގައިވެސް އެޓީމަށް ލަނޑުޖަހާނެ ފުރުސަތުތައް ލިބުނެވެ. އެބްނޫތާލިބް އާއި ކިމިކް ފޮނުވާލި ހަމަލާތައް ގްރީސްގެ ކީޕަރު ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖަރުމަނުގެ ކޯޗް ކްލޮޕް ބުނީ ޓީމާ ހަވާލުވުމަށްފަހު ވަގުތުން ކާމިޔާބީތަކެއް ހޯދައިދޭނެ ކަމުގެ ވައުދު ނުވާނެކަމަށާއި، މި ނަތީޖާއިން އެނގިގެންދަނީ ޓީމާއެކު އަދި ކުރަންޖެހޭ މަސައްކަތްތައް ބައިވަރު ހުރިކަން ކަމަށެވެ.

މި މެޗަށްފަހު ޖަރުމަނު މިހާރު އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައެވެ. މުބާރާތުގައި ޖަރުމުވިލާތް ދެން ނިކުންނާނީ ސާބިއާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.