ޚުތުބާ އަޑު އަހަނީ
ޚުތުބާ އަޑު އަހަނީ
ދީން 07 Feb 2025 | 07:49

ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ: ޚުތުބާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭ ލަޤަބުތަކުން ގޮވުމަކީ މާތް الله ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުމާއި ގުޅޭ ގޮތުން މިއަދު އިއްވުނު ހުކުރު ޚުތުބާގައި ބުނީ، އިސްލާމްދީނަކީ އުޚުއްވަތްތެރިކަމާ، އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީން ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫން ކަމަށެވެ.

ޚުތުބާގައި ބުނި ގޮތުގައި މި ރިވެތި އުޞޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއްނޫނެވެ. އެހެނީ މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއްނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

ތާރީޚުގެ ފަތްފުށްތަކުން މި ކަން އަހަރެމެންނަށް ރީތިކޮށް ފެންނާން އެބަ ހުއްޓެވެ. އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންނެވެ. އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުންނެވެ.

ޚުތުބާގައި އިތުރަށް ބުނީ އެއްބައިވަންތަ ކަމަށް ބާރުއެޅުމުގެ އިތުރުން، އެކަމަށް ހުރަސް އެޅޭ ކަންކަން ކަމުގައިވާ އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މާތް الله މަނާ ކުރައްވާފައިވާ ކަމަށެވެ.

މާތް الله ވަހީ ކުރައްވާފައިވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުނަށް ވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ބަޔަކުކަމުގައި ވެދާނެއެވެ."

”އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާޠަބުކުރުން މަނާކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބުނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށް ފަހު، ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާނުވި މީހާ ދަންނާށެވެ! ފަހެ އެއުރެންނީ ހަމަ އަނިޔާވެރީންނެވެ."

މިއާއެކު މުޖުތަމަޢުގައި ފެތުރެމުންދާ ދޮގު ޚަބަރުތައް ޤަބޫލުކުރުމާ ބެހޭ ގޮތުން އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅަށްވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު ބަލައި ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."

ކަން މިހެން ހުރުމުން، ހާމަ ވެގެންދަނީ އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށްކަން ޚުތުބާގައި ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމަޢަށްކަމަށާ، އެހެންކަމުން، اللهއާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ތަބާވުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...