ރޮބާޓޯ ކާލޯސްގެ ކައިވެނީގެ ރަސްމިއްޔާތެއްގެ ތެރެއިން
ރޮބާޓޯ ކާލޯސްގެ ކައިވެނީގެ ރަސްމިއްޔާތެއްގެ ތެރެއިން
ދުނިޔެ 20 Aug 2026 | 08:53

ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ޖަވާބު ދީފި

ބްރެޒިލްގެ ފުޓުބޯޅައިގެ ލެޖެންޑް ރޮބާޓޯ ކާލޮސް މޮރޮކޯގެ ފުޓުބޯޅަ އެޖެންޓް ސޫހައިލާ އެލް ޠާހިރީ އާ ކައިވެނިކުރުމަށް ފަހު އިސްލާމް ދީނަށް ވަން ކަމަށް ފެތުރެމުންދާ ވާހަކަތަކަށް އޭނާ ޖަވާބު ދީފިއެވެ.

އެގޮތުން ސައުދީ ނޫހެއް ކަމަށްވާ ޢުކާޒަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

ކުރީގެ ރެއާލް މެޑްރިޑާއި ބްރެޒިލް ޤައުމީ ޓީމުގެ ތަރި ބުނީ އިސްލާމް ދީނަށް އޭނާ ނިހާޔަތަށް އިޙްތިރާމް ކުރާ ކަމަށާއި ނަމަވެސް ދީން ބަދަލުކުރި ކަމުގެ އަޑުތަކުގައި ހަޤީޤަތެއް ނެތް ކަމަށެވެ.

"އިސްލާމް ދީނަށް އަޅުގަނޑު ނިހާޔަތަށް އިޙްތިރާމް ކުރަން އަދި އަޅުގަނޑުގެ އަނބިމީހާ ނަމާދުކުރާ ތަން ފެނުމަކީ ވަރަށް ރީތި މަންޒަރެއް ނަމަވެސް އަޅުގަނޑު އިސްލާމް ވީ ކަމަށް ދައުރުވަމުންދާ ވާހަކަތަކަކީ ތެދެއް ނޫން" ކާލޯސް ޢުކާޒަށް ބުންޏެވެ.

މީގެ ގާތްގަނޑަކަށް ހަތަރު ހަފުތާ ކުރިން ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ އިސް ޝަޚްޞިއްޔަތެއް ކަމަށްވާ ޝެއިޚް ޖިހާދު ޙަމާދާއާ ބައްދަލުކޮށް ޝަހާދަތް ކީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ތުރުކީގެ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭ ޕާޓީ) ގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޢަލީ ޝާހިން ބުނީ ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ ބަޔަކާ ބައްދަލުކުރުމުގެ ތެރޭގައި ކާލޯސް ދީން ބަދަލުކުރި ވާހަކަ އޭނާއަށް އެނގުނު ކަމަށެވެ.

ޝާހިންއަށް ޙަމާދާ ބުނި ގޮތުގައި ކާލޯސް ދުވަސްކޮޅެއް ވަންދެން ޙަމާދާއާ މުޢާމަލާތް ކުރުމަށް ފަހު ގާތްގަނޑަކަށް ހަތަރު ހަފުތާ ކުރިން ޒިޔާރަތްކޮށް ޝަހާދަތް ކިޔައި އިސްލާމް ދީން ޚިޔާރުކުރީ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކާލޯސް އިސްލާމީ ކައިވެނީގެ ރަސްމިއްޔާތެއްގައި ބައިވެރިވާ ކަމަށް ފެންނަ ފޮޓޯތަކެއް ދައުރުވެ މި އަޑުތައް އިތުރަށް ގަދަވެގެން ދިޔައެވެ. ނަމަވެސް ކާލޯސް ޢުކާޒަށް ބުނީ ދެ ފަރާތުގެ ޢާއިލާގެ ދީނީ ޢަޤީދާއަށް އިޙްތިރާމް ކުރުމުގެ ގޮތުން ތަފާތު ސިފަސިފައިގައި ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވި ކަމަށެވެ.

އޭނާގެ ޢާއިލާއަކީ ކެތޮލިކް ޢާއިލާއެއް ކަމުން އެ ބައި މީހުންނަށް ޤަދަރުކުރާ ރަސްމިއްޔާތެއް ބޭއްވުމާ އެކު އަނބިމީހާ އާއި މުސްލިމް ރައްޓެހީންނަށް އެކަށީގެންވާ ރަސްމިއްޔާތެއް ވެސް ބޭއްވީ ކަމަށް ބުންޏެވެ.

ކާލޯސް ބުނީ ސޫހައިލާ އެލް ޠާހިރީ އާ ފުރަތަމަ ދިމާވީ ފުޓުބޯޅައިގެ ވިޔަފާރި ބައްދަލުވުމެއްގެ ތެރެއިން ކަމަށާއި އޭނާ ސިފަކުރީ ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި ކަމަށެވެ. ދެ މީހުން ޒާތީ ގޮތުންނާއި މަސައްކަތުގެ ގޮތުން ގުޅުން ބާއްވާތާ ދެ އަހަރު ވެފައިވާ ކަމަށް ކާލޯސް ބުންޏެވެ. ފީފާ ލައިސެންސް އޮންނަ ފުޓުބޯޅަ އެޖެންޓެއް ކަމަށްވާ އެލް ޠާހިރީ ކުޅުންތެރީންގެ ކެރިއާ ބެލެހެއްޓުމާއި ފުޓުބޯޅައާ ގުޅޭ ޕްރޮޖެކްޓްތަކުގައި ޙަރަކާތްތެރިވެއެވެ.

ޢުމުރުން 53 އަހަރުގެ ކާލޮސް އަކީ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ވާތް ފަޅީގެ ޑިފެންޑަރުންގެ ތެރޭގައި ގުނާ ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑާ އެކު ކެރިއާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރި ކާލޯސް ވަނީ 2002 ގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ދައުރު އަދާކޮށްފައެވެ. މީގެ އިތުރުން 2007 އިން 2009 އަށް ތުރުކީގެ ފެނަބަހެޗޭގައި ކުޅެ ތުރުކީގެ ފުޓުބޯޅައާ ވެސް ގާތް ގުޅުމެއް އޮވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
27 Oct 2026 ހަބަރު

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރެޒިލްގެ ރައީސަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަދާކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ލިބުނު މި ބޮޑު ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ ޒައާމަތަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި
26 Oct 2026 ދުނިޔެ

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ، ވާދަވެރި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ ބަލިކުރައްވައި ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. އެއީ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުގައި ބަލިވެވަޑައިގަތުމަށްފަހު ދެވަނަ ބުރު ކާމިޔާބުކުރެއްވި ބްރެޒިލްގެ ހަމައެކަނި ސިޔާސީ ބޭފުޅާއެވެ.

އިންޑިއާ އާއި ބްރެޒިލް ބައްދަލުކުރިމެޗް ބްރެޒިލްއަށް
04 Oct 2026 ކުޅިވަރު

އިންޑިއާ އާއި ބްރެޒިލް ބައްދަލުކުރިމެޗް ބްރެޒިލްއަށް

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އަވައްޓެރި އިންޑިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗް ބްރެޒިލް ކާމިޔާބުކޮށްފިއެވެ. ކަލްކަތާގެ ވިވެކާނަންދާ ޔުބާ ބާރަތީ ކްރިރަންގަންގައި ކުޅުނު މިމެޗް ބްރެޒ...

ކުޑަކުދިން ހިމާޔަތްނުކުރި ކަމަށް ބުނެ ބްރެޒިލުން ޗެޓް ޕްލެޓްފޯމް ޑިސްކޯޑާ ދެކޮޅަށް ދައުވާ އުފުލައިފި
27 Aug 2026 ދުނިޔެ

ކުޑަކުދިން ހިމާޔަތްނުކުރި ކަމަށް ބުނެ ބްރެޒިލުން ޗެޓް ޕްލެޓްފޯމް ޑިސްކޯޑާ ދެކޮޅަށް ދައުވާ އުފުލައިފި

ކުޑަކުދިންނާއި ފުރާވަރު ޢުމުރުގެ ކުދިން ރައްކާތެރިކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ބްރެޒިލް ސަރުކާރުން ޗެޓް ޕްލެޓްފޯމް ޑިސްކޯޑު އަތުން 97 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ދައުވާ ހުށަހަޅައިފިއެ...

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޮސް އިސްލާމްވެއްޖެ ކަމަށް ބުނެފި
19 Aug 2026 ދުނިޔެ

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޮސް އިސްލާމްވެއްޖެ ކަމަށް ބުނެފި

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލް އަދި ރެއާލް މެޑްރިޑްގެ ކުރީގެ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްދީން ޤަބޫލުކޮށްފައިވާ ކަމަށް ތުރުކީގެ ޤާނޫނުހަދާ މަޖިލީހު...

ގޯލެއްގެ އުފާފާޅުކުރަން އުޅުމުގެ ތެރޭގައި ބްރެޒިލްގެ ކުޅުންތެރިއަކު ޓަނަލްއެއްގެ ތެރެއަށް ވެއްޓިއްޖެ
10 Aug 2026 ކުޅިވަރު

ގޯލެއްގެ އުފާފާޅުކުރަން އުޅުމުގެ ތެރޭގައި ބްރެޒިލްގެ ކުޅުންތެރިއަކު ޓަނަލްއެއްގެ ތެރެއަށް ވެއްޓިއްޖެ

ބްރެޒިލްގެ ފުރަތަމަ ޑިވިޛަންގައި ކޮރިޓީބާ އާއި ޗަޕެކޮއެންސޭ ބައްދަލުކުރި މެޗެއްގައި، ގޯލެއް ޖެހުމަށްފަހު އުފާފާޅުކުރަން އުޅުމުގެ ތެރޭގައި ކޮރިޓީބާގެ ޑިފެންޑަރު ޖޭސީ، ދަނޑު އަރިމަތީގައި އޮތް ބޮޑު ޓަނަލ...