އެމްއޭސީއެލްގެ އެމްޑީކަމުން އާާދިލް އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމުގައި 2015 ވަނަ އަހަރުން ފެށިގެން ހުންނެވި އާދިލް މޫސާ، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އާދިލް މަގާމުން އިސްތިއުފާ ދެއްވިކަން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީގެ މަގާމުން މާދަމާއިން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ އިސްތިއުފާ ޕްރައިވެޓައިޒޭޝަން ބޯޑުން ގަބޫލުކޮށްފައިވާ ކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.
އާދިލް މަގާމުން އިސްތިއުފާ ދެއްވީ، އަންނަ ހޮނިހިރު ދުވަހު މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އާދިލްގެ ދަށުން އެއަރޕޯޓްގައި ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓައި، ކުރިއަށް ގެންގޮސްފައެވެ.
އާާދިލް އިސްތިއުފާ ދެއްވުމުން އެމްއޭސީއެލް ހިންގުމާއި ހަވާލުވުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ޗީފް އިންފޮރމޭޝަން އޮފިސަރ މޫސާ ސޯލިހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް