ލަނޑުޖެހުމަށްފަހު ބާސެލޯނާ ކުޅުންތެރިން.. ފޮޓޯ: ބާސާ
ލަނޑުޖެހުމަށްފަހު ބާސެލޯނާ ކުޅުންތެރިން.. ފޮޓޯ: ބާސާ
ކުޅިވަރު 17 Sep 2026 | 04:30

ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ސްޕެނިޝް ލަލީގާގައި ރޭ ރޭސިން ސަންޓަންޑާ އަތުން 7-2 ގެ މޮޅެއް ހޯދައި، ބާސެލޯނާ އިން ރެކޯޑެއް ހަދައިފިއެވެ.

ރޭސިން އާ ދެކޮޅަށް ކުޅުނުމެޗުން ބާސެލޯނާ މޮޅުވުމާއެކު އެޓީމަށް ވަނީ ލީގްގެ ފުރަތަމަ 7 މެޗުން މޮޅުވުމުގެ ޝަރަފް ލިބިފައެވެ. މިއީ އެޓީމްގެ ތާރީހުގައިވެސް ލީގްގެ ފުރަތަމަ 7 މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިމެޗްގައި ބާސެލޯނާގެ ތަރިއަކަށްވީ ބްރެޒިލްގެ ފޯވާޑް ރަފީނިއާގެ ކުޅުމެވެ. ރަފީނިއާ ވަނީ މި މެޗުގައި ހެޓްރިކް ހަދައި މި ސީޒަނުގައި އޭނާ ދައްކަމުންދާ ތަފާތު މޮޅު ކުޅުން ދަމަހައްޓާފައެވެ. މި ސީޒަނުގައި ރަފީނިއާ މިހާތަނަށް ކުޅުނު 6 މެޗްގައި އޭނާ ވަނީ 9 ލަނޑު ޖަހާފައެވެ. މިއީ 2017 ވަނަ އަހަރުގެ ސީޒަނުގައި މެސީ ގާއިމްކުރި ރެކޯޑާ އެއްވަރުގެ ނަތީޖާއެކެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރަފީނިއާ ބުނީ، އެންމެ ބޮޑަށް އުފާވީ ގިނަ ލަނޑުތަކެއް ޖެހުމަށްވުރެ ޓީމް މޮޅުވުމުން ކަމަށެވެ. މިމެޗްގައި ބާސެލޯނާއަށް ލަނޑުތައް ޖަހައިދިނީ، ލަމީން ޔަމާލް އާއި، ޖޮއާއޯ ކަންސޭލޯގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ގެބްރިއަލް ޖީސަސްއެވެ. މިމެޗްގައި ރޭސިން ކުޅުންތެރިއެއްގެ އަތުންވެސް ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

މި ސީޒަނުގައި ބާސެލޯނާގެ ފަރާތުން ތަފާތު މެޗްތަކެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ ފުރަތަމަ ހަ މެޗުން އެކަނިވެސް 28 ލަނޑު ޖަހާފައެވެ. މިއީ އަދި ބާސެލޯނާގެ ތާރީހުގައި ދެވަނައަށް އެންމެގިނަ ލަނޑު ޖެހި ސީޒަނެވެ. މިމެޗްގައި ބާސެލޯނާގެ ކީޕަރު ޔޮއާން ގާސިއާއަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ. ގާސިއާގެ ބަދަލުގައި ކުޅެން އެރީ އާސެނަލްގެ ކުރީގެ ކީޕަރު ސެޒްނީއެވެ.

ރޭސިން އަތުން ލިބުނު މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގަކާއެކު ތާވަންގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...