އެއާ އަރަބިއާ ފްލައިޓް ރާއްޖެއަށް ދަތުރުފެށިއިރު... ފޮޓޯ: އެމްއެމްޕީއާރުސީ
އެއާ އަރަބިއާ ފްލައިޓް ރާއްޖެއަށް ދަތުރުފެށިއިރު... ފޮޓޯ: އެމްއެމްޕީއާރުސީ
ވިޔަފާރި 12 Jun 2025 | 12:53

ޑިމާންޑް ބޮޑުވުމާ ގުޅިގެން އެއާ އަރަބިއާގެ ދަތުރުތައް އިތުރުކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ، އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކަށް ޑިމާންޑް ބޮޑުވުމުން، ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މިކަން އެ އެއާލައިނުން ވަނީ ކަށަވަރުކޮށްދީފައެވެ. މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން އެ އެއާލައިނުގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، ފިނި މޫސުމުގައި ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޑިމާންޑް އިތުރުވުމުން އުދުހުންތައް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 2 ދަތުރު އިތުރުކުރާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ އަރަބިއާ އިން މިހާރު ރާއްޖެއަށް ހަފްތާއަކު އެއް ފްލައިޓް ބާއްވައެވެ. އެ އެއާލައިނުގެ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރަނީ ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.

އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ އުދުހުންތަކުގައި ބޭނުންކުރަނީ، އެއަރބަސް ކުންފުނީގެ އޭ-320 މަރުކާގެ ބޯޓުތަކެވެ.

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ މަގްބޫލް ޓޫރިޒަމް މަންޒިލެވެ. ކޮންމެ އަހަރެއްގެވެސް ފިނިމޫސުމާ ދިމާކޮށް ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

ޑްރަގާއެކު ވީއައިއޭއިން އަތުލައިގަތް މީހާއަށް 50 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
04 Oct 2026 ހަބަރު

ޑްރަގާއެކު ވީއައިއޭއިން އަތުލައިގަތް މީހާއަށް 50 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ގއ. ކޫއްޑޫއަށް ދަތުރުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޗެކް ޕޮއިންޓުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު މީހާއަށް 50 އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ. މި މައްސަލާގައި...

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
23 Aug 2026 ވިޔަފާރި

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ދުބާއީން ފުރައިގެން މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައި ފްލައި ދުބާއީގެ ފްލައިޓެއް އިމަޖެންސީގައި ރަންވޭއަށް ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓަށް ދިމާވި މައްސަލައަކާ ...

ވީއައިއޭގެ ޓާމިނަލް 1: ޚިދުމަތުގައި ކާމިޔާބު އެއް އަހަރު، 3.6 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދެވުނު
18 Aug 2026 ހަބަރު

ވީއައިއޭގެ ޓާމިނަލް 1: ޚިދުމަތުގައި ކާމިޔާބު އެއް އަހަރު، 3.6 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދެވުނު

ދިވެހިރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްޤީގެ އައު ބާބެއް ލިޔެވިގެންދިޔައީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު "ޓާމިނަލް 1" ގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔުމާއ...

ރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި
14 Aug 2026 ހަބަރު

ރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

މެލޭޝިއާގެ ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް މިއަދު ފަށައިފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން...