ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް؛ ފޮޓޯ / ވޮއިސް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް؛ ފޮޓޯ / ވޮއިސް
ހަބަރު 04 Oct 2026 | 03:52

ޑްރަގާއެކު ވީއައިއޭއިން އަތުލައިގަތް މީހާއަށް 50 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ގއ. ކޫއްޑޫއަށް ދަތުރުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޗެކް ޕޮއިންޓުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު މީހާއަށް 50 އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ.

މި މައްސަލާގައި ށ. ނޫމަރާ ހަވީރީގެ ޢަބްދުﷲ ފަޞީހު މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށާއި ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާތައް ވަނީ ސާބިތުވެފައެވެ.

ވީއައިއޭ ޑިޕާޗާ ޗެކްޕޮއިންޓުން އޭނާ ބަލާފާސްކުރިއިރު، ފައިގެ ފަލަމަސްގަނޑުގައި ޑަކް ޓޭޕް ބޭނުންކޮށް ތަތްކޮށްފައިވާ ދެ ރަބަރު ޕެކެޓެއްގައި ޑައިފޯމިން ފޮރުވާފައި ހުއްޓެވެ. އަދި ފިލްމު ހުސްކުރި ދަޅުތަކެއްގެ ތެރޭގައި ކެނެބިސް ހުރިކަން ވަނީ ސާބިތުވެފައެވެ. ފަޞީހު ވަނީ އޭނާގެ މައްޗަށް ކުރި ދެ ދައުވާއަށް ވެސް އިންކާރުކޮށްފައެވެ. އެހެން ނަމަވެސް، ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ކޯޓުން ނިންމީ ދެ ދައުވާ ވެސް ސާބިތުވާ ކަމަށެވެ.

ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގައި ކޯޓުން ހުކުމްކޮށްފައިވަނީ އުމުރު ދުވަހަށް ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ހަމައެހެންމެ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގައި ވެސް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ.

ދެ ޖޫރިމަނާ ވެސް ދެއްކުމަށް 12 މަސް ދުވަހުގެ މުހުލަތެއް ކޯޓުން ދީފައިވެއެވެ. ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ހުކުމުގައި ފަޞީހު މިހާތަނަށް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރަން ކޯޓުން އެންގި އިރު އެ މުއްދަތު ކެނޑުމުން އޭނާ ޖަލުގައި އިތުރަށް ހޭދަކުރަންޖެހެނީ 24 އަހަރާއި ހަތަރު މަސް ދުވަހެވެ.

ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުތައް ހަރުކަށިކޮށް ބޮޑެތި އަދަބު ކަނޑައެޅިފައި ވާ އިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ ހުކުމް ވެސް އިއްވެވޭނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާ ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ.